ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގެ ރައްޔިތުންނަށް ފެރީ ދަތުރުތައް ހިލޭ

ވިލިމާލޭ ފެރީޓާރމިނަލް. ފޮޓޯ: ފޯސްކެއަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ވިލިމާލެއާދެމެދު ފެރީގެ ޚިދުމަތްދެމުން އަންނަ އެމްޓީސީސީއިން، ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު ހިލޭ ދިނުމަށް ހަމަޖައްސައިފިއެވެ.

މި ކަން ހާމަކޮށް އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައިވަނީ، ދަތުރު ކާޑު ހިލޭ ދިނުމަށް ހަމަޖެއްސީ، ކޮވިޑް-19 ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ފައިސާ ގެންގުޅޭ މިންވަރާއި، ސިންގަލް ޓޯކަން މަދުކުރުމުގެ ގޮތުންކަމަށެވެ.

އެމްޓީސީސީގެ މި ނިންމުމާއެކު މިއަދުން ފެށިގެން، ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުކާޑު ހިލޭ ހެއްދޭނެއެވެ. ކޮވިޑް-19އިގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ކުންފުނިތަކުންނާއި ސަރުކާރުގެ މުޢައްސަސާތަކުންދަނީ ރައްކާތެރިކަމުގެ ފިވަޅުތައް ވަރުގަދަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: