ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުން ފޭބުން މަނާކޮށްފައިވަނިކޮށް، ފިލައިގެން ފުވައްމުލަކަށްދިޔަ ދެ މީހުން ހައްޔަރުކޮށްފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަން. ފޮޓޯ: މޯލްޑިވްްސް އިންޑެޕެންޑެންޓްޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުން ފޭބުން މަނާކޮށްފައިވަނިކޮށް، ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، މި ދެ މީހުންނަކީ، މާލެ އަތޮޅުގައި އޮންނަ ރިސޯޓެއްގައި ވަޒީފާއަދާކުރަމުންދާ ދެ މީހުންކަށާއި، ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް މި މަހުގެ 19 ވަނަދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ ގޮސް، މި މަހުގެ ވިހިވަނަދުވަހުގައި ފުވައްމުލަކަށްގޮސްފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މިހާރު މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާގޮތުގައި، ދިވެހިރާއްޖޭގައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައިވަނިކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފުވާ ފަރާތްތަކައިމެދު ފިޔަވަޅުއަޅަމުންދާނެކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން ޒަރޫރީ ބޭނުންތައް ފިޔަވައި މަގުމަތީގައި އުޅޭ ފަރާތްތައް ބަލައިހަދާނެކަމަށް ވެސް ފުލުހުން ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: