ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން އެދިއްޖެ

ފޮޓޯ: ފިޝަރީޒް މިނިސްޓްރީ އެކްސް އެކައުންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ފީއަލީ ކައުންސިލުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހުގައި އެދިއްޖެއެވެ.

މި ބައްދަލުކުރެއްވުމުގައި، ފީއަލީ ކައުންސިލުން ވަނީ އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރަށުގެ އައިސްޕްލާންޓަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށާއި، އައިސްޕްލާންޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ސްޕޯޓްސް ފިޝިންގއަށް ހާއްސަކޮށްގެން އެ ރަށުގައި ވަދުކަނދުފައްޗެއް އެޅުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ވަޒީރު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެވުނު މައްސަލައަކީ ފ. ފީއަލީގައި އަލިފާނުގެ ހާދިސާގައި އެރަށުގައި ތަރައްގީކޮށްފައިވާ އައިސްޕްލާންޓްގެ މަސައްކަތް އަވަސްކުރުމެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްކަންދޭނެކަމުގެ ޔަގީންކަން މިނިސްޓަރ ޝިޔާމް ކައުންސިލަށް ދެއްވިއެވެ.

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެ ރަށުގެ އައިސް ޕްލާންޓު ބޭނުންނުކުރެވޭ ވަރަށް އަނދާފައިފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ އައިސް ޕްލާންޓަކީ 25 ޓަނުގެ ކެޕޭސިޓީ ހުރި އައިސް ޕްލާންޓެކެވެ.

އައިސް ޕްލާންޓުގައި އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސްކުރަން ހެނދުނުގެ ވަގުތެއްގައި ބަނދަރާ ކައިރިކޮށްފައި ވަނިކޮށް، ޕަންޕު ޖެއްސި ގަޑީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: