ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރުމަށް 1،158 ކޮޓަރިން 2،288 އެނދު ހަމަޖެހިއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގެ ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މީހުން ކަރަންޓީން ކުރުމަށް  1،158 ކޮޓަރިން 2،288 އެނދު ހަމަޖެހިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީޙުން ކަރަންޓީން ކުރުމަށް ބޭނުންވާ ކަރަންޓީން ފެސިލިޓީސް އިތުރު ކުރުމަސް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ދެއްވައި މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. 

https://twitter.com/ali20waheed/status/1241600224662962176

ކަރަންޓީން ކުރުމަށް އިތުރު ރަށްތަކެއް ހާއްސަކޮށްފައިވާއިރު ރާއްޖޭން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ތިބެން ޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. އޭގެ ކުރިން ދިވެހީން އައިސޮލޭޓް ވަމުން އައީ ގޭގަ އެވެ.

މިހާރު ވެސް އެކި ފެސިލިޓީތަކުގައި 249 މީހަކު ކަރަންޓީން ކޮށްފައި އެބަތިއްބެވެ. ރާއްޖޭން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ.އަދި ޕްޒިޓިވްވެފައިވާ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: