ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލައިނީއަށް ވައިރަސް ޖެހުނުކަމަށް ބެލެވެނީ ޗައިނާއިން، ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އެކަކު އައިސޮލޭޝަންއަށް!

ފެލައިނީއަށް ވައިރަސް ޖެހުނުކަމަށް ބެލެވެނީ ޗައިނާއިން، ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އެކަކު އައިސޮލޭޝަންއަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ވަން އެންޑް އޮންލީ ރީތި ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަފަހުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮރޯނާ ވައޮރިސްއަށް ޕޮޒިޓިވްވެފައިވާއިރު އޭނާއަށް އެ ވައިރަސް ޖެހިފައިވަނީ އެނބުރި ދިޔަފަހުން އެ ހޭދަވި މުއްދަތުގައިކަމަށް ބެލެވުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އޭނާ ރާއްޖޭގައި ހުރި މުއްދަތުގައި ކޮންޓެކްޓުވީ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، ރާއްޖެ އައިސްފައިވަނީ މާޗު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭނާ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗައިނާއަށް ފުރާފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ފެލައިނީ ވައިރަހަށް ޕޮޒިޓިވްވީކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ މާޗް މަހުގެ 20 ވަނަ ދުވަހެވެ.

ސަރުކާރުގެ ފަރާތުން ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެލައިނީއަށް ވައިރަސްއަށް އިންފެކްޓުވީކަމަށް ބެލެވެނީ ރާއްޖެއިން ދިޔަފަހުން ކަމަށެވެ.

”އޭނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މާޗް 20 ވަނަ ދުވަހު. އެހެންވީމާ، އޭނާއަށް އެންމެ އަވަހަށްވެސް އެ ވައިރަސް ޖެހުނުކަމަށް ބެލެވޭނީ މާޗް 6 ވަނަ ދުވަހު. އެއީ ޕޮޒިޓިވްވި ފަހުން 14 ދުވަސް ކަމަށް ބަލައިގެން. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އޭނާއަށް ވައިރަސް ޖެހިފައިވަނީ ރާއްޖޭން ފުރައިގެން ދިޔަ ފަހުން،“ މަބުރޫކު

ރާއްޖޭގައި ފެލައިނީ ހުރި މުއްދަތުގައި ކޮންޓެކްޓުވީ މީހުން ހޯދަމުން އަންނަކަން ފާހަގަކޮށް މަބްރޫކް ވިދާޅިވީ ކްލޯޒް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު އެކަކު މިހާރުވެސް އެކަހެރި ކުރެވިފައިވާކަަމަށެވެ.

ބޭރު ދުނިޔޭގެ ހަބަަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާގޮތުން ރާއްޖެއިން ފުރިފަހުން މި ހަފްތާގެ ތެރޭގައި އޭނާ ޗައިނާގެ ޝެންހާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ ސިންގަޕޯރ މަގުންނެވެ. އަދި ޝެންހާއީގެ ޝެންޑޮންގް ރެއިލްވޭ ސްޓޭޝަނަށް ގޮސްފައިވަނީ ޓެކްސީއެއްގައެވެ. އެއަށްފަހު އެ ގައުމުގެ ސިނާންއަށް ދިޔައީ ”ހައި ސްޕީޑް ޓްރެއިން“ އެއްގައެވެ.

ޑެއިލީ މެއިލް ނިއުސްގައި ސިއްހީ ދާއިރާގެ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ ފެލައިނީގެ ފަރާތުން ވައިރަހުގެ މާ ބޮޑު އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ވައިރަހަށް ޕޮޒިޓިވުމާއި ގުޅިގެން އޭނާ ވަނީ 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަކަށް ގެންދެވިފައެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ،

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާއިރު ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ވަނީ ދެ ހަފްތާއަށް ބަންދުކޮށްފައެވެ. އަދި ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދޭނެއެވެ.

އަފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއް ވެފައިވާއިރު ސަރުކާރުން ވަނީ މިއީ ހަމަޖެހިލަން ވީ ވަގުތެއް ނޫންކަމަށް ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: