ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި

ވިލިމާލޭގައި ޓެކްލައިންގެ ހިދުމަތް ފަށައިފި --- ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަލަށް ފެށި ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީން ވިލިމާލެއަށް ތައާރަފްކޮށްފިއެވެ.

ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނިމިކް މިނިސްޓަރ އަހުމަދު ސައީދެވެ. އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެފައިވެއެވެ.

ޓެކްސީ ލައިންގެ ހިދުމަތަކީ މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ސަރުކާރުން ފަށާފައިވާ ހިދުމަތެކެވެ.
ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެކަމަށް ހާއްސަކޮށް ގެނެސްފައިވާ ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކެވެ.

މި ހިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ. މާލޭ ޓެކްސީ ލައިނަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން 1655 އަށް ގުޅައިގެން ފޯނުގެ ޒަރީއާއިން، ޓެކްސީގެ ހިދުމަތަށް އެދެވޭނެއެވެ.

24 ގަޑިއިރު މެދުނުކެނޑި ހިދުމަތް ލިބޭ ގޮތަށް ކުރިއަށްގެންދާ މާލޭ ޓެކްސީލައިންގެ ހިދުމަތް މާލެ އާއި ހުޅުމާލޭގައި ފަށާފައިވަނީ އެޕްރިލް މަހުގެ 2 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: