ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލައިނީއާ ބައްދަލުވެފައިވާނަމަ ލަސްނުކޮށް އަމިއްލައަށް އެކަން ރިޕޯޓު ކުރުމަށް އެދެން: މަބްރޫކް

ފެލައިނީއާ ބައްދަލުވެފައިވާ ފަރަތްތައް ލަސްނުކޮށް އަމިއްލައިން ވެސް ރިޕޯޓުކުރުމަށް އެދިއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަން އެންޑް އޮންލީ ރީތި ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަފަހުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ރާއްޖޭގައި ހޭދަ ކުރި މުއްދަތުގައި ފެލައިނީއާއި އެއްވެސް ގޮތަކުން ބައްދަލުވެފައިވާ މީހެއް ނަމަ ވީހާވެސް އަވަހަށް އެކަން ރިޕޯޓުކޮށްދިނުމަށް ސަރުކާރުން އެދިއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، ރާއްޖެ އައިސްފައިވަނީ މާޗު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭނާ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗައިނާއަށް ފުރާފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ފެލައިނީ ވައިރަހަށް ޕޮޒިޓިވްވީކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ މާޗް މަހުގެ 20 ވަނަ ދުވަހެވެ.

ސަރުކާރުގެ ފަރާތުން ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ކޮންޓެކްޓުވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އޭނާގެ ކްލޯޒް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ދެ މީހަކު އެކަހެރިކޮށްފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ފެލައިނީއާއި ކޮންޓެކްޓްވި ފަރާތްތެއްކަމުގައި ވާނަމަ އެކަން ނުފޮރުވާ ވީހާވެސް އަވަހަށް އެޗްޕީއޭގެ ހޮޓްލައިން 1676 އަށް އަމިއްލައަށް އެންގުމަށް އެދޭކަމަށެވެ.

އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީ ހުރިހާ ބޭފުޅުންވެސް ރިޕޯޓުކުރުމަށް އެދިވަޑައިގެން މަބްރޫކް ވިދާޅުވީ އެއާޕޯޓުންވެސް ކުޅުންތެރިއާއި ބައްދަލުވީ މީހެއް ހުރެދާނެ ކަމަށެވެ. އަދި އެދެނީ އަވަހަށް އެކަން އެންގުންކަމުގައި މަބްރޫކް ފާހަގަކުރެއްވިއެވެ.

”ފެލައިނީ އާއި ބައްދަލުވެ، ސަލާމްކޮށް ގާތްކޮށް ކޮންޓެކްޓް ވެފައި ތިބި މީހުން، އަދި ސާވް ކުރި މީހުން ވެސް ރިޕޯޓުކުރުމަށް އެދެން. އޭނާ ހުރީ ރީތި ރަށުގައި. ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެބަދޭ. ނަމަވެސް މިއީ ސީރިއަސް ކަމަކަށް ވާތީ އަމިއްލައަށް މިކަން ކަމާބެހޭ ފަރާތްތަކަށް އަންގަމުން ގެންދިއުން އެދެން.“ މަބްރޫކް

ފެލައިނީ ރާއްޖެ އައުމުން އޭނާ އާއި އެކު ބައެއް ދިވެހިން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ކޮންމެވެސް ވަރަަކަށް ދައުރުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: