ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޝޫރާ ދުވަހު ރޯދަ ހިފައި އެކަކު އަނެކަކާ ހެޔޮ އަމަލުކުރުމުގައި ވާދަކުރުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގައި ބައިވެރި މީހުން ހުތުބާ އަޑުއަހަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އާޝޫރާ ދުވަހު ރޯދަ ހިފައި އެކަކު އަނެކަކާ ހެޔޮ އަމަލުކުރުމުގައި ވާދަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ މުޙައްރަމް މަހުގެ މާތްކަމާއި، ވަކިން ޚާއްޞަކޮށް އާޝޫރާ ދުވަހުގެ ރޯދައާއި އެ ދުވަހުގެ މުހިންމުކަމުގެ މައްޗަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މި ޚުޠުބާގައި، އިސްލާމީ ތާރީޚުގައި އެ ދުވަހަށް ދެވިފައިވާ މަޤާމާއި، މުސްލިމުން މި ދުވަސް އިޙްޔާކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މުޙައްރަމް މަހަކީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ.

ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 36 ވަނަ އާޔަތާއި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިކަން އެނގެން އޮތްއިރު، މި މަހުގެ ތެރެއިންވެސް އާޝޫރާ ދުވަހަކީ (މުޙައްރަމް މަހުގެ 10 ވަނަ ދުވަސް) ވަރަށް މަތިވެރިވެގެންވާ ދުވަހެކެވެ.

”މުހައްރަމް މަހުގެ ދިހަވަނަ ދވަހަކީ މުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާ މާތްކަމާއި، އިބުރަތްތްކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ.“ – ހުތުބާ

އާޝޫރާ ދުވަހުގެ ތާރީޚީ ފަސްމަންޒަރަށް ބަލާއިރު، އެއީ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރައްވައި، ފިރުޢައުނު ޣަރަޤުކުރެއްވި ދުވަހެވެ. މިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު އެ ދުވަހު ރޯދަ ހިއްޕެވިއެވެ.

ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވިއިރު، ޔަހޫދީން މި ދުވަހު ރޯދަ ހިފާތީ ފެނިވަޑައިގެން، އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވީ މޫސާގެފާނާ މާ ބޮޑަށް އައުލާކަން ބޮޑީ މުސްލިމުން ކަމަށެވެ. އަދި އެކަލޭގެފާނު އެ ދުވަހު ރޯދަ ހިއްޕަވައި، އެހެން މުސްލިމުންނަށްވެސް އެ ދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.

ޢަޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިއްޔަތުވެ، ޢަމަލީ ގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް ހުޅުއްވައިދެއްވައިފައިވާ ދޮރެކެވެ.“ – ހުކުރު ޚުތުބާ 

އާޝޫރާ ދުވަހުގެ ރޯދައިގެ ދަރުމައާ ގުޅޭގޮތުން ޚުޠުބާގައި ބަޔާންކުރީ، އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރުގެ ފާފަ ފުއްސަވައިދޭނެ ކަމެއް ކަމަށް ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ކަމަށެވެ. އަދި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، 10 ވަނަ ދުވަހުގެ އިތުރުން އޭގެ ކުރީ ދުވަހު (މުޙައްރަމް މަހުގެ 9 ވަނަ ދުވަހު) ނުވަތަ ފަހު ދުވަހު (މުޙައްރަމް މަހުގެ 11 ވަނަ ދުވަހު) ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ޚުޠުބާ ނިންމާލަމުން، ދީނުގެ ނަމުގައި އާޝޫރާ ދުވަހު ހިންގާ ބައެއް ބިދުޢަވެރި އަމަލުތަކާ މެދު ސަމާލުވުމަށް ގޮވާލިއެވެ. އެގޮތުން، ހިތާމަފާޅުކުރުމުގެ ގޮތުން ހަށިގަނޑަށް އަނިޔާކުރުމާއި، މޫނުގައި ތެޅުމާއި، ހަޅޭއްލެވުން ފަދަ ކަންކަމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު، ރަސޫލާ ﷺ ނަހީކުރައްވާފައިވާ ކަންކަން ކަމުގައި ހަނދާންކޮށްދިނެވެ. އަދި އަޅުކަމުގެ ތެރެއަށް އަލަށް އުފައްދާ މިފަދަ ކަންކަމަކީ ބާތިލު ކަންތައްތަކެއް ކަމަށާއި، މުސްލިމުން އަބަދުވެސް ތަބާވާންޖެހޭނީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ކަމަށް ނަޞޭޙަތްތެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: