ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް!

ކޮމިޓީ ބައްދަލުވުމެއްގައި މެމްބަރަކު ދައުލަތުގެ ބަޖެޓު ފޮތް ބައްލަވާލައްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތިން އަހަރަށް ހިންގުމަށް ގަސްދުކުރާ އައު މަޝްރޫއުތަކަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، އެ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިނޭންސުން ދައުލަތުގެ އިދާރާތަކަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ”ނިއު ޕޮލިސީ އިނީޝިއޭޓިވް“ ގެ ދަށުން ބަޖެޓުގައި ހިމަނަން ބޭނުންވާ އައު ކަންކަން އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އާއި ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބަޖެޓު އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމާއި އިޖްތިމާއީ ބައިވެރިވުން ކުރިއެރުވުމަށްޓަކައި ”ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން“ ބަޖެޓިންގެ އުސޫލުތަކަށް އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށްޓަކައި، ހުށަހަޅާ މަޝްރޫއުތަކަކީ ތިމާވެއްޓާ ގުޅުންހުރި ކަންކަންކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ތިން އަހަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނިވެސް 2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ވަކިވަކި އައު މަޝްރޫއުތަކަށް ހޭދަކުރެވޭނެ އެންމެ މަތީ މިންވަރަކީ 500 މިލިއަން ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: