ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީ މުވައްޒަފުނަށް އޮޅިގެން އިތުރަށް ބޯނަސް ދެވުމުން އަނބުރާ ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންތަކަކަށް ދެގުނަ ބޮޑުކޮށް ބޯނަސް ދެވިފައިވާކަން ފާހަގަކުރެވިގެން، އެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމާ ގުޅޭގޮތުން ”ސަންގު ޓީވީ“ އަށް މައުލޫމާތު ދެމުން އެޗްޑީސީގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިގޮތަށް ބޯނަސް އުނިކުރަން ނިންމީ މިދިޔަ އަހަރު ބައެއް މުވައްޒަފުންނަށް ބޯނަސް ދިނުމުގައި އޮޅުމަކުން އިތުރަށް ފައިސާ ދެވިފައިވާތީއެވެ.

އެ މަސްދަރުން ހާމަކުރި ގޮތުގައި، ބޯނަސް އުނިކޮށްފައި ވަނީ ހަމައެކަނި ކުރިން އިތުރަށް ފައިސާ ލިބުނު މުވައްޒަފުންގެ އަތުންނެވެ. ނަމަވެސް، އިތުރަށް ދެވިފައިވަނީ ޖުމްލަ ކިހާ ފައިސާއެއް ކަމެއް ހާމައެއް ނުކުރެއެވެ.

މި މައްސަލަ ދިމާވީ ފައިސާ ދޫކުރުމުގެ މަރުހަލާގައި އޮޅުމެއްގެ ސަބަބުންކަމަށާއި، މިފަދަ ކަންކަމަކީ މަސައްކަތުގެ ތެރެއިން ދިމާވެދާނެ ކަންކަންކަމަށް އޮފިޝަލް ފާހަގަކުރިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށްފަހު، ބޯނަސް ހައްގުވާ މުވައްޒަފުންނަށް މިހާރު ރަނގަޅު އަދަދު ދީފައިވާކަމަށް މައުލޫމާތު ދިނެވެ.

މިއީ މިދިޔަ އަހަރު ހިނގާފައިވާ ކަމަކަށްވާތީ، ބޯނަސް އިތުރަށް ޖަމާވީ ކިތަށް މުވައްޒަފުންނަށްކަން އަދި ސާފެއް ނޫނެވެ. އަދި އޭރު ކުންފުނީގައި މަސައްކަތްކުރި ބައެއް މުވައްޒަފުން މިހާރު ވަޒީފާއިން ވަކިވެފައިވުން އެކަށީގެންވެ އެވެ.

މި މައްސަލައިގައި ބޯނަސް އުނިކުރި މުވައްޒަފުންގެ އަދަދާއި، އަދި އިތުރަށް ދެވުނު ފައިސާގެ ޖުމްލަ އަދަދާ ގުޅޭގޮތުން އެޗްޑީސީން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: