ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިވަރު މަސް ފެކްޓަރީ ޕްރޮޖެކްޓް ލަސްވަނީ ބޭރުގެ އެހީ ލިބުމުގައި ދިމާވާ ލަސްތަކެއްގެ ސަބަބުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެލިވަރު މަސް ފެކްޓަރީ ޕްރޮޖެކްޓް ހިންގުން ލަސްވެގެންދަނީ ބޭރުގެ އެހީ ލިބުމުގައި ދިމާވެގެން އުޅޭ ލަސްތަކެއްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ ”ދަ ޕަލްސް“ ޕޮޑްކާސްޓުގެ އެންމެ ފަހުގެ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފެލިވަރުގެ ކޭނިން ކެޕޭސިޓީ އިތުރު ކުރުމަށް ބޭރުގެ ބަޔަކާއި ހަވާލުކުރެވިފައިވީ ނަމަވެސް އެމަސައްކަތް އެކޮށް އަދި ނުނިމޭކަމަށެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމެމުންދާކަމަށާއި އަދިވެސް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތައް ޖުމްލަ ހައްލެއް ނާންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ޖުމްލަ ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

”އެމަސައްކަތް އެއްކޮށް އަދި ނުނިމޭ، އެހެން ނަމަވެސް އޭގެ ކޮންމެވެސް މިންވަރެއް ކޮމްޕްލީޝަނެއް އޭގެ ތެރެއިން ބައެއް ކަންތައް ނިންމުމުގެ މަސައްކަތް ހާސިލް ކުރެވިގެން އެބަދޭ ،އެހެން ނަމަވެސް ޖުމްލަ ހައްލެއް ނާދޭ“ ރައީސް

ފާހަގަކޮށްލެވޭ ގޮތުގައި ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ފިޝަރީޒް މިނިސްޓްރީއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިދިޔައަހަރުގެ ޖުލައި 17 ވަނަ ދުވަހުވަނީ ފެލިވަރަށް ވެސް ގޮސްފައެވެ.

ފެލިވަރުގައި ގާއިމްކުރާ ކޭނަރީއަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. ޗައިނާ ކޮންޓްރެކްޓްރަކާއި، ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖަރ މިޝާލް އަހުމަދު މީގެ ކުރިން ވިދާޅުވީ، މިވަގުތު މިފްކޯގައި ހުރި ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޭނަރީއެއް ކަމުގައެވެ. އަދި އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމުގައެވެ. އެގޮތުން ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެކަން މިޝާލް ފާހަގަކުރެއްވިއެވެ.

މިފްކޯގެ އަމާޒަކީ، މި މަޝްރޫއު 2026 ގެ ނިޔަލަށް އެއްކޮށް ނިންމުމެވެ. ޅ. ފެލިވަރުގައި ޤާއިމްކުރެވިފައިވާ މަސް ފެކްޓްރީއަކީ މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިން ތަރައްގީ ކުރެވިފައިވާ ތަނަކަށް ވީއިރު އެތަނުގެ ހާލަތާއި މެދު ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: