ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އަންނަ ނަފުރަތުގެ އަސަރު ކުރާނީ މައުސޫމް ކުދިންނަށް: އުއްތަމަ ފަނޑިޔާރު

"މީޑިއޭޝަން- ޓްރެއިނިން އޮފް ޓްރެއިނާސް" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު --- ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އަންނަ ނަފުރަތާއި ރުޅިވެރިކަމުގެ އަސަރު ކުރާނީ ކައިވެންޏަށް އުފަންވެފައިވާ މައުސޫމް ކުދިންނަށް ކަމަށް  އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީއާއި ޖުޑީޝަލް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ ”މީޑިއޭޝަން-ޓްރެއިނިން އޮފް ޓްރެއިނާސް“ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި ވަރި ގިނަވުމުގެ ވާހަކައަކީ ދައްކަން ފަސޭހަ ވާހަކައެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިއީ ނުދައްކާ ތިބެވޭ ވަރުގެ ވާހަކައެއް ނޫން ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ވަރި އަދި ކައިވެނީގެ ތަފާސް ހިސާބުތަކާއި ގުޅޭ ބައެއް ހަބަރުތަކުގެ ސުރުހީތައް ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އުފަންވާ އެތަކެއް އިޖުތިމާއީ މައްސަލަތައް ހުންނާނެ ކަމަށާއި އަދި އޭގެ ސަބަބުން އާއިލާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އަންނަ ނަފުރަތާއި ރުޅިވެރިކަމުގެ އަސަރު ކުރާނީ ކައިވެންޏަށް އުފަންވެފައިވާ ައުސޫމް ކުދިންނަށް ކަމަށެވެ.

ގިނަ ފަހަރަށް ވަރިއަކީ މުޅި ދިރިއުޅުމުގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުކޮށްލާ ވަރުގަދަ ވޭންދިނިވި ހަތިޔާރެއް ކަމަށާއި، މި ހަތިޔާރުގެ ދިލައިން ގިނަފަހަރަށް އަނދައިގެން ދަނީ ދަރުފުޅަށް ލިބެންޖެހޭ ލޯބިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

”މީޑިއޭޝަން- ޓްރެއިނިން އޮފް ޓްރެއިނާސް“ ޕްރޮގްރާމަކީ އެ ހިތި ހަގީގަތާ ކުރިމަތިލައި އެކަން ރަނގަޅު ކުރެެވޭތޯ ކުރާ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީޑިއޭޝަންގެ  މަސައްކަތަކީ އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ގުޅުން ހީނަރުވެފައި ވަނިކޮށް، ކުލުނުގެ ފެނުން އެ ގުޅުމަށް ފެންދީ ބަދަހި އާއިލާއެއް ބިނާކޮށްދިނުމުގެ ހިތްހަމަޖެހުން ލިބޭނެ މަސައްކަތެކެވެ. އެހެންވެ އެ މަސައްކަތުގައި އިހުލާސްތެރިކަމާ އެކު ދެމި ތިބެން އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: