ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން މުވައްޒަފުން ވަކިވީ ސިޔާސަތަށް އައި ބަދަލުން؛ އިތުރު ފުރުސަތުތައް އޭރު ފަހިކޮށްދިން: ސޯބެ

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޞާދިޤް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެކުރިން މުވައްޒަފުން ވަޒީފާތަކުން ބަދަލުވެގެން ދިޔައީ ސިޔާސަތުތަކަށް އައި ބަދަލުތަކެއްގެ ސަބަބުން ކަމަށާއި، ނަމަވެސް އެ މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހޯދައިދީފައިވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، ސިޔާސީ ގޮތުން ކަމެއް ކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަމިއްލައަށް ވަޒީފާއިން ކެނޑެން ފުރުސަތު ދިނުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އަދި މިއީ ސިވިލް ސާވިސްގައިވެސް ބައެއް ހާލަތްތަކުގައި އަމަލުކުރާ އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ސޯބެ އިތުރަށް ވިދާޅުވީ ހިތަދޫގެ ބައި-އިލެކްޝަނާ ދިމާކޮށް ވެމްކޯއަށްވެސް 6 ވަރަކަށް މެނޭޖަރުން ނެގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކުންފުނިތަކުގެ ސައިޒް ކުޑަކުރުމަށް މުވައްޒަފުން ވަކިކުރާނަމަ އެކަން ކުރަންޖެހޭ ވަކި އުސޫލެއް އޮންނަންޖެހޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ. އެގޮތުން އެއްދުވަހުގެ ތެރޭގައި މީހަކު ވަކިކުރުމަކީ އޮންނަންޖެހޭ ގޮތް ނޫން ކަމަށާއި، މަޝްރޫއެއް ހުއްޓުމަކަށް އަންނަ ހާލަތުގައިވެސް އެކަން ކުރިން މުވައްޒަފަށް އަންގަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިހާރު މި ދައްކަނީކީ ސިޔާސީ މަގާމުތަކުގެ ވާހަކައެއް ނޫން. ވަރަށް ގިނަ ފަހަރަށް އެބަހުރޭ ސިވިލް ސާވިސްއާއި ދައުލަތުގެ ކުންފުނިތަކަށް ނަގާފައި ތިބޭ މީހުން. ރެކްރޫޓްމެންޓް ޕޮލިސީއެއް އޮންނައިރު އޭގަ އެބަ އޮވޭ މެރިޓް ބޭސިސްއަށް ކަމަށް ނަގަނީ. އެހެންވެއްޖިއްޔާ މެރިޓް ބޭސިސްއަށް ނަގާފަ ތިބޭ މީހުން ދޫކޮށްލަނީ ވަކިކަހަލަ ވަކި މަގްސަދެއް ހާސިލްކުރުމަށް އޮންނަ ޕްރޮޖެކްޓަކަށް،“ ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާއަށް ފަރުވާކުޑަވެގެން މުވައްޒަފުން ވަކިކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނަމަވެސް، މިހާރު މުވައްޒަފުން ވަކިކުރަމުންދަނީ އެފަދަ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މުވައްޒަފަކު ފަރުވާކުޑަވެގެން ވަކިކުރާނަމަ، އޭގެ ކުރިން ނަސޭހަތް ދިނުން ފަދަ ކަންކަން ހިނގާފައި އޮންނަންޖެހޭނެ ކަމަށްވެސް މެންބަރު ޞާދިޤް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: