ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންކުރެވޭ ރިޒާވު އިތުރުވިޔަސް، ޖުމްލަ ރިޒާވު ވަނީ ދަށްވެފައި: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިސްފައިވީ ނަމަވެސް، ޖުމްލަ ރިޒާވް ދަށަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ރާއްޖޭގެ ބޭރުގެ ދަރަނިތައް ދެއްކުމާއި ބައިނަލްއަގުވާމީ ބާޒާރުގެ ބަދަލުތަކާ ގުޅިގެން އައިސްފައިވާ ބަދަލެކެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ މެއި މަހުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވަށް ވަނީ އަށް މިލިއަން ޑޮލަރުގެ އިތުރުވުމެއް އައިސްފައެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވް ވަނީ 252.5 މިލިއަން ޑޮލަރަށް އަރާފައެވެ. އޭޕްރިލް މަހު ސުކޫކަށް ފައިސާ ދެއްކުމާ ގުޅިގެން ރިޒާވް 244 މިލިއަން ޑޮލަރަށް ދަށަށް ދިޔުމަށްފަހު، މިއީ ލިބުނު ކުޑަ ކުރިއެރުމެކެވެ.

ބޭނުންކުރެވޭ ރިޒާވް މަތިވި ނަމަވެސް، ދައުލަތުގެ ޖުމްލަ (ގްރޮސް) ރިޒާވް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވެފައެވެ. މިގޮތުން ޖުމްލަ ރިޒާވް މިހާރު ހުރީ 704.7 މިލިއަން ޑޮލަރުގައެވެ.

މީގެ ކުރިން ބިލިއަން ޑޮލަރުން މަތީގައި ހުރި ރިޒާވް މިހާ ބޮޑަށް ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ބޭރުގެ ބޮޑެތި ދަރަނިތައް ދެއްކުމެވެ. މީގެ ތެރޭގައި ސުކޫކަށް ފައިސާ ދެއްކުމާއި އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ރައްދުކުރުން ހިމެނެއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމުގެ އިތުރުން، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އައި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް އައި ލޮޅުންތައް ހިމެނެއެވެ. އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން އައުން މަދުވެ، ޑޮލަރުން ލިބޭ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިއަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 100 މިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: