ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އައްޔަންކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ތާއީދާއެކުގައެވެ. ޝަކީލް އެ މަގާމަށް އައްޔަންކުރުމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމާއި މެންބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމީޓީން މި ނަންތައް ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓުގައިވާ ގޮތުން، ޝަކީލްއަކީ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

މުހައްމަދު ޝަކީލަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގައި މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑިސެމްބަރު 2014 އިން މެއި 2018 އާ ހަމައަށް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާއިރު، ސެޕްޓެމްބަރު 2013 އިން ޑިސެމްބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި ޢަބްދުލްހަސީބް އިސްމާއީލްގެ އިތުރުން ރިފްއަތު އަބްދުﷲ އެވެ. ޝަކީލް އައްޔަންކުރުމާއެކު ކޮމިޝަންގެ މެންބަރުންގެ އަދަދު ހަމަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: