މަދަރުސާތައް ހުޅުވެންދެން، ކޮންމެ ވަގުތަކުވެސް ސިނަމާލެ ބުރިޖުގައި މުދާއުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީންދީފިއެވެ.
އެ އޮތޯރިޓީން ބުނީ، 29 މާޗުން ފެށިގެން، މަދަރުސާތައް ހުޅުވެންދެން، މުދާ އުފުލާ ހުރިހައި ވައްތަރެއްގެ ދުއްވާ އެއްޗަކަށްވެސް 24 ގަޑިއިރުގައި ބުރިޖު ހުރަސްކޮށް ދަތުރުކުރެވޭނެކަމަށެވެ.
ކުރިން އޮތް އުސޫލަށް ބަލާނަމަ، ހެނދުނު 9:00 އިން ފެށިގެން، މެންދުރުފަހު 15:00 އަށް ބުރިޖުގައި މުދާއުފުލުމާއި، މެންދަމު 1:00 އިން، ހެނދުނު 6:00 އަށް ބުރިޖުގައި މުދާއުފުލުމަކީ މަނާކަމެކެވެ.
މީގެ އިތުރުން، މަދަރުސާތައް ހުޅުވޭ ދުވަސްތަކުގައި، މެންދުރުކުރި 11:00 އިން، މެންދުރުފަހު 13:30 އަށް މުދާއުފުލުމަކީ މަނާކަމެކެވެ.

