ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އުސޫލެއް ކަނޑައަޅައިފި

ފޮޓޯ: މޯލްޑިވްސްއިންޑެޕެންޑެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔުމުގެ އުސޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފިއެވެ.

ކްރިމިނަލް ކޯޓުން ކަނޑައެޅި މި އުސޫލަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނު އާއި، އޭގެ ދަށުން ހެދިފައިވާ ޝަރީޢަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން، އެކުލަވައިލި އުސޫލެކެވެ.

މި އުސޫލު ފާސްކޮށްފައިވަނީ 28 މާރޗް 2020 ވަނަ ދުވަހުގެ 22:00 ގައި، ގާޒީންގެ ވައިބާރ ގްރޫޕުގައި ބޭއްވުނު ގާޒީންގެ އާންމު މަޖިލީހުންކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައިވެއެވެ.

މި އުސޫލުގެ ދަށުން، މުޖުތަމަޢުގައި ގައިންގަޔަށްއަރާފަދަ ނުރައްކާތެރި ބައްޔެއް ފެތުރިދާނެކަމުގެ ބިރު އޮވެގެން، ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފިނަމަ، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާ ހާލަތުގައި، ދަޢުލަތުގެ ވަކީލުންނާއި، ދިފާޢީ ވަކީލުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިކުރުމުގައި ކޯޓޫން ޢަމަލުކުރާނެގޮތް ވެސް ކަނޑައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: