ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނާކޮށްފައި ވަނިކޮށް މަނަފަރު ރިސޯޓަށް އެރި މުވައްޒަފުގެ މައްޗަށް ދައުވާ އުފުލައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އެންގުންތަކާއި ހިލާފު ވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ރާއްޖެއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭގެ ދަށުން ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކްގެ އެންގުމާއި ހިލާފުވީ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އިން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ޚިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށެވެ. އެކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވަނީ ހއ. ކެލާ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.

މަނަފަރު ރިސޯޓަކަށް މުވައްޒަފަކު އެރި މައްސަލައިގެ ތަހުގީގު ނިންމައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައެވެ. އެންގުމާއި ހިލާފަށް ންގެވުމާ ހިލާފަށް ހއ. އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އަރާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

https://twitter.com/PGO_MV/status/1244595912082460673

ވައިރަސްއާއި ދެކޮޅާ އަޅާ ފިޔަވަޅުތަކާއި އެކު އެޗްޕީއޭއިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާކޮށްފައެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ހުރިހާ ފަރާތްތަކުން ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކާ އެއްގޮތައް އަމަލު ކުރަން އިލްތިމާސް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރިސޯޓުތަކުގެ މުއައްޒަފުން ވެސް ރަށްރަށް އަރާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ފުލުހުން މުއައްޒަފުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.

އެއްފަސްކޮށް އޮންނަ ބައެއް ރިސޯޓުތަކުން ނުވަތަ ބްރިޖްއަކުން ގުޅުވާފައި އޮންނަ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ޑިއުޓީއަށްފަހު ރަށަށް އަންނަ މައްސަލަ ފާހަގަވެ އެކަމާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ކޮރޯނާ ވައިރަސް އާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެގޮތަށް އެއްވެސް ސްޓާފަކަށް އަމަލު ނުކުރެވޭނެ ކަމަށާއި، ރިސޯޓުތަކަށް ވަރަށް ސާފުކޮށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ފާހަގަވެއްޖެނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އުސޫލެއް ކަނޑައެޅިއްޖެ ކަމަށާއި އެއީ ބަލި ފެތުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެ ނިންމުންވެސް ވަރަށް ސާފު ކަމަށާއި މުވައްޒަފުންނަށް ޑިއުޓީ ނިންމާ ހުރުމުގެ ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، އެގޮތަށް އަމަލު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: