ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެނޭޖްމެންޓަކަށް މުވައްޒަފުން ރިސޯޓުން ފޭބުމަށް ނޭންގޭނެ، އެއީ ގާނޫނާއި ހިލާފު ކަމެއް!

ރިސޯޓުން ފޭބުމަށް މެނޭޖްމެންޓަށް މުވައްޒަފުންނަށް ނޭނގޭނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އަޅާފައިވާ ފިޔަވަޅުތާއި ހިލާފުވެ ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ވުމުގެ ކުރިން ރިސޯޓުން ފޭބުމަށް އެއްވެސް މުވައްޒަކަށް މޭންޖެމެންޓަށް ނޭންގޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާ ކުރެވިފައެވެ. އަދި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ އޮންއެރައިވަލް ވިސާ މަޑުޖައްސާލާ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތައް މިހާރު ވެސް ބަންދުކޮށްފައިވާއިރު، އެ މުވައްޒަފުން ދަނީ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ގުނަމުންނެވެ. އަދި ބައެއް ރިސޯޓުތަކުގައި ތިބި އެންމެ ފަހު ފަތުރުވެރިން ވަނީ ފުރަން ފަށާފައެވެ. އެހެން ކަމުން އެ މުއްޒަފުންނަށް ވެސް 14 ދުވަހަށް ފަހު އަމިއްލަ ރަށަށް ދެވޭނެއެވެ.

އެއް ކުންފުންޏެއްގެ ދަށުން ހިންގާ ގިނަ ރިސޯޓުތަކެއް ހުރިއިރު، ސަރުކާރުން ވަނީ އެއް ކުންފުންޏެއްގެ ދަށުން ހިންގާތަނެއްނަމަ ފަތުރުވެރިން އަނެއް ރިސޯޓަށް ބަދަލު ކުރުމުގެ ފުރުސަތު ދީފައެވެ. އޭރުން ބާކީ ރިސޯޓުތަކަށް 14 ދުވަހުގެ މުއްދަތު ހަމަ ކުރެވޭނެއެވެ.

ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯޕޭއަކަށް ފޮނުވުމަށް މަސައްކަތް ކުރެއެވެ. އަދި ވަޒީފާއިން ދަނީ ވަކި ކުރަމުންނެވެ. އޭގެ އިތުރުން ބައެއް މުވައްޒަފުން ރަށުން ފޭބުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެކަމާއި ގުޅޭޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުން ނުވަތަ އެޗްޕީއޭގެ ފަރާތުންވެސް ރިސޯޓުން މުވައްޒަފުން ފޮނުވާލަން މެނޭޖްމަންޓަށް އަންގާފައިނުވާނެ ކަމަށެވެ.

ސަރުކާރުން މިގޮތަށް އަންގާފައިވީނަމަވެސް ބައެއް ރިސޯޓުތަކުން މުވައްޒަފުން ދިޔުމަށް މެނޭޖްމަންޓުން އަންގާކަމުގެ ޝަކުވާ ވަނީ އިތުރުވެގެން ގޮސްފަ އެވެ. މަބްރޫކް ވިދާޅުވީ ސަރުކާރުން އެފަދަ އެއްވެސް ލިޔުމެއް ރިސޯޓުތަކަށް ދީފައިނުވާނެ ކަމަށާއި މިގޮތަށް އެފަދަ އަމަލެއް ހިންގާނަަމަ އެއީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އަދި މިފަދަ ރިސޯޓުތަށް ބަލައި ތަހްގީގު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް އައި ފަހުން، ބަލީގެ އަލާމާތެއް ނުފެނި، 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަތުރުވެރިން ތިބި ވަކިވަކި ރިސޯޓުތަކުން އެކަން އެޗްޕީއޭއަށް އެންގުމުން އެއީ ވަކިވަކި ކޭސްތަކުގެ ގޮތުގައި ބަލައިގެން، އެ ރިސޯޓުތަކަށް ހާއްސަ ހުއްދައެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: