ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއިން ކަނޑާލާ މުވައްޒަފުންނަށް ޖާބިރުގެ ދައުވަތެއް: އަޅުގަނޑުގެ ކުންފުނިތަކާއި ގުޅިވަޑައިގަންނަވާ، ހާލުގައި ނުޖައްސާނަން!

ޖާބިރުގެ ދައުވަތެއް، ވައިރަހާއި ގުޅިގެން ވަޒީފާއިން ކަނޑާލާ މުވައްޒަފުންނަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސީބާތެއްގެ ވަގުތެއްގައި ޖެހުމުން، އިތުރަށް ހާލުގައި ޖެއްސުމަކީ އެއީ އިންސާނިއްޔަތާއި ހިލާފު ކަމެއް ކަމަށާއި، ކޮރޯނާ ވައިރަހާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މުވައްޒަފުން އޭނާގެ ކުންފުނިތަކާއި ގުޅިވަޑައިގަތުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދައުވަތު ދެއްވައިފިއެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.

މި ދަނޑިވަޅުގައި ޕްރައިވެކްޓް ސެކްޓާގައި މަސައްކަތް ކުރާ މުވައްޒަފުން، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުންފަދަ ކަންތައް ވަނީ ގިނަ ވެފައެވެ. އަދި މުވައްޒަފުން ލައްވާ ގަދަކަމުން ނޯޕޭގެ ނޯޓިސްއެއްގައި ދަނީ ސޮއިކުރުވަމުންނެވެ. ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުން ނޯ ޕޭގައި ފޮނުވާލާފައި ވެއެވެ.

މި ކަންކަން ނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރަމުން ދިޔަ ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މެދު އަޅާ ފިޔަވަޅުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މުވައްޒަފުން ވަކި ކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަައްވާ ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދޭ އެދުމަކީ ކުންފުނިން މުވައްޒަފުން ވަކި ނުުކުރުން ކަމަށެވެ. އަދި އެމަނިކުފާނުގެ އެދުމަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށެވެ.

 

https://twitter.com/chairmanjabir/status/1244723753356935168

ޖާބިރު ވިދާޅުވީ، ހާލަތުން އަރައިގަންނާނީ އެންމެން އެކީގައި ކަމަށެވެ. އަދި ހުންނެވީ އެހީތެރިވުމަށް ތައްޔާރަށް ކަމަށެވެ. މުވައްޒަފުންނަށް ހާލަތާއި ބައްދަލު މުސާރަ ދޭނެ ކަމަށާއި، ހާލުގައި ނުޖައްސާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މުސީބާތެއްގެ ވަގުތެއްގައި އިތުރަށް ހާލުގައި ޖެއްސުމަކީ އެއީ އިންސާނިއްޔަތާއި ހިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން، ކުންފުނިތަކުން ވަކިކޮށްފައިވާނަމަ އޭނާއާއި ގުޅިވަޑައިގަތުމަށް ޖާބިރު އެދިވަޑައިގެންނެވިއެވެ.

 

”ރައީސް ސޯލިހް އެދެނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަނޑާނުލުމަށް. އެކަމަށް އަޅުގަނޑު ތާއީދު. މުސީބާތެއްގެ ވަގުތެއްގައި އިތުރަށް ހާލުގައި ޖެއްސުން އެއީ އިންސާނިއްޔަތާއި ހިލާފު ކަމެއް. ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުން އަޅުގަނޑުގެ ކުންފުނިތަކާއި ގުޅިވަޑައިގަންނަވާ. ހާލަތާއި ބައްދަލު މުސާރަ ދޭނަން. ހާލުގައި ނުޖެހޭނެ. އެހީތެރިވާނަން ހުރިހާ ފަރާތަކަށް ވެސް. މިހާލަތުން އަރައިގަންނާނީ އެކުގައި“ ޖާބިރު

ކޮރޯނާ ވައިރަސްއާއި ގުޅިގެން ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ހިނގައިދާނެކަމުގައި ބިރުވެސް ވަނީ ހީވެފައެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ވިޔަނުދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ވަޒީފާއިން ކަނޑާލައިގެން މިހާތަނަށް ސަރުކާރުގެ ޕޯޓަލްއަށް 200 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. ސަރުކާރުން ވަނީ ފަސްނުޖެހި ހުރިހާ މުވައްޒަފުން ވެސް މައްސަލަ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: