ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓުގެ އަގަށް އަންނަ ބަދަލަށް އަމަލު ކުރަން ފަށާނީ އޭޕްރިލް އެއްވަނަ ދުވަހު!

އިންޓަނެޓުގެ އަގަށް ގެނައުމަށް މަސައްކަތް ކުރާ ބަދަލުތައް - ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ގޮތަށް، ކޮރޯނާ ވައިރަސްއާއި ގުޅިގެން އިގްތިސޯދާއި މާލީގޮތުން އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން މި ދުވަސްވަރު އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ މަޝްވަރާގެ ވާހަކަތައް ޓެލެކޮމް ދެ ކުންފުންޏާއި އެކު ދެކެވި އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް ސޯލިހް ވަނީ މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ.

ގިނަ ބަޔަކު ގޭގައި ތިބެންޖެހުމާއި އެކު އިންޓަނެޓު ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަކުން އިތުރުވެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވެފައިވަނީ ހެޔޮ ބަދަލެއް އިންޓަނެޓުގެ އަގުތަކަށް އަންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އެމަނިކުފާނު ދެއްވާފައި ނުވެއެވެ. ރައީސް ވިދާޅުވީ ދެ ތިން ދުވަހުގެ ތެރޭގައި އެކަމުގެ ތަފްސީލުތައް ލިބިގެންދާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓަނެޓުގެ އަގާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، މުވާސަލާތީ ކުންފުނިތަކާއި އެކު މަޝްވަރާކޮށް ނިމިފައިވާ ކަމަށެވެ. އަދި ދެ ކުންފުނި ގުޅިގެން ވަރަށް އަވަހަށް ނޫސްވެރިންނާއި މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ. އެގޮތުން އަންގާރަ ނުވަތަ މުދަ ދުވަހުގެ ވަގުތެއްގައި އަގުތަކަށް އަންނަ ބަދަލުތައް ކުންފުނިތަކުން އާއްމު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ބަދަލުތައް ގެންނާނީ އޭޕްރިލް އެއްވަނަ ދުވަހުކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަކީ، ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އައިސީޓީ ޑިވެލޮޕްމަންޓް އިންޑެކްސްގެ ނަމުގައި އިންޓަރނޭޝަނަލް ޓެލްކޮމިއުނިކޭޝަން ޔޫނިއަނުން ޢާއްމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ދެކުނު އޭޝިއާގެ އެންމެ ކުޑަ ޤައުމުކަމަށްވާ ދިވެހިރާއްޖޭގެ އާބާދީގެ % 54.46 މީހުން އިންޓަރނެޓް ބޭނުންކުރެއެވެ. ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އިންޓަނެޓު ބޭނުން ކުރާ ގައުމުތަކުގެ ނިސްބަތުން ރާއްޖެއަށް އޮތީ 81 ވަނައިގައެވެ.

ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ ނިސްބަތުން މުވާސަލާތީ ޚިދުމަތްތަކުގެ އަގު ބޮޑު ގައުމުކަން ވެސް ދިރާސާތަކުން ދައްކައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އިންޓަރނެޓް ބޭނުންކުރާ ޤައުމަކީ ރާއްޖެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: