ކޯވިޑް-19 އަށް އަނެއްކާވެސް ދިވެއްސެއް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ދެންމެކުރި ޓްވީޓެއްގައި ބުނީ، ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓިނުކޮށްފައިވާ މިހާގެ ގައިން ކޯވިޑް-19 އިގެ ޢަލާމާތްތައް ފެނި، ސާމްޕަލްނަގައިހެދި ޓެސްޓުގެ ނަތީޖާ މިހާރު ޕޮޒިޓިވްވެފައިވާކަމަށެވެ.
މި ދިވެހި މީހާއަކީ އިނގެރޭސިވިލާތަށް ދަތުރުކޮށްފައި އެނބުރިއައި މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ކޯވިޑް-19 އަށް މިހާރު ތިން ދިވެހިން ޕޮޒިޓިވްވެފައިވާއިރު، ޖުމްލަ މީހުންގެ އަދަދަކީ18 އެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ދެމުން ގެންދަނީ ތިން ދިވެހިންނަށެވެ.
މީގެ ކުރިން ޕޮޒިޓިވްވި ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު އެކަހެރިވުމަށް އަންގާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ދެ މީހުން ވެސް ރާއްޖެ އައި ގޮތަށް ގެންދިޔައީ ކަރަންޓީނަށެވެ. މާލެއަށް ތެރެއަށް ގޮސްފައެއް ނުވެ އެވެ.

