ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އަށް ފަރާތެއްގެ މައްޗަށް ދައުވާ އުފުލައި ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައިފިނުމަށް އެދިއްޖެ

ލޮނުމިދިލިގެ، މަސްތުވާތަކެތީގެ ހާއްޔެއް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

31 ޖަނަވަރީ 2020 ފެށިގެން 07 ފެބްރުވަރީ 2020 އާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވަރކެއްގައި ހިމެނޭ އަށް ފަރާތެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައި ދިނުމަށް އެދި މައްސަލަ ހުށަހަޅައިފިއެވެ. 

ޕްރޮސިކިޔުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނީ  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވަރކެއްގެ ބަޔަކު ހައްޔަރުކޮށް، 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް 09 ކިލޯ ހެރޮއިންއާއި، 04 ގްރާމް ކޮކޭން އަދި މަސްތުވާތެކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލާގައި، އަށް ފަރާތެއްގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން މި މައްސަލައިގައި ދައުވާ އުފުލި މީހުންނަކީ 

1.      ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

2.     ގދ. ހޯނޑެއްދޫ، ގުލޭނޫރެންމާގެ ޢަލީ ޒުބައިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

3.     ގދ. ހޯނޑެއްދޫ، އިރުމަތީގެ އަޙްމަދު ސުނައިނުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

4.     މއ. ވައިލެޓްމާގެ އަސްލަމް ނާޡިމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

5.     ލ. ކަލައިދޫ، މަތަރަސްމާގެ ޙުސައިން ޒަހީންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

6.     ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް އަޙްމަދު ޤިޔާސްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

7.     މ. ދާރުލްޤަރާރު އިސްމާޢީލް ވިޝާލްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

8.     ޅ. ނައިފުރު، މިސްކިތްދޮށުގެ އަޙްމަދު އިމްސާޙްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

ޕީޖީ އޮފީހުން ބުނި ގޮތުގައި  މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުޙުމަތުކުރެވޭ 1،535،110 (އެއް މިލިއަން ފަސްލައްކަ ތިރީސް ފަސްހާސް އެއްސަތޭކަ ދިހައެއް) ދިވެހި ރުފިޔާ އާއި 146،731 (އެއްސަތޭކަ ސާޅީސް ހަހާސް ހަތްސަތޭކަ ތިރީސް އެކެއް) ޔޫ.އެސް ޑޮލަރު، – ޖުމްލަ 3،797،702 (ތިން މިލިއަން ހަތްލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދޭއް) ރުފިޔާ – ދައުލަތަށް ނަގައިދިނުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 158 ވަނަ މާއްދާގެ (ހ) ދަށުން ދައުލަތުން ވަނީ އެދިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: