ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޮއިލެޓް ރޯލުގައި ތަޅާ މަންޒަރު ފެނުމުން ދޭހަވަނީ، މި ސަރުކާރުން ވެސް ރައްޔިތުންގައިގައި ތަޅާލާނީ އެ ޓޮއިލެޓް ރޯލުގައި ތަޅާލާގޮތަށްކަމަށް: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލަމްދީނާ ބީރައްޓެހި މީހުން ނަޖިހުން ތާހިރުވާން ގެންގުޅޭ ޓޮއިލެޓް ރޯލުގައި ތަޅާ މަންޒަރު ފެނުމުން ދޭހަވަނީ، މި ސަރުކާރުން ވެސް ރައްޔިތުންގައިގައި ތަޅާލާނީ އެ ޓޮއިލެޓް ރޯލުގައި ތަޅާލާގޮތަށްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހެޅުއްވި ބިލަށް، ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި މީހުން ނަޖިހުން ތާހިރުވާން ގެންގުޅޭ ޓޮއިލެޓް ރޯލުގައި އެންމެންވެގެން ކޮޅުފައިން ތެޅިޔަސް މައްސަލަ ހައްލުނުވާނޭކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ، ކޯވިޑް-19 އާއި ގުޅިގެން، ސޯޝަލް މީޑިއާގައި، އެންމެ ބޮޑަށް މިހާރު ޓްރެންޑްވަމުންދާ ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ބަޔަކު ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖުގައި، ސަރުކާރުގެ އިސްބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވާފައިވަނިކޮށެވެ. މި ގޮތުން ޝިޔާމްވަނީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިޝާރާތްކުރައްވާ، އެ ޗެލެންޖުން ރައީސް ނަޝީދު ފެއިލްވެ ވަޑައިގަންނަވައި، ވެއްޓިވަޑައިގަތް ވާހަކަވެސް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ، 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ސަރުކާރުން، އިޢުލާނުކުރައްވައިގެން މާ މޮޅު އެއްޗެއްކަމަށް ހަދައިގެން ވާހަކަދައްކަވަމުންގެންދާތީ ހިތާމަކުރާކަމަށާއި، އެ ރުފިޔާތައް އަތްމައްޗަށް ލައިގެން ސަރުކާރުން ކުރާކަމެއް ނޭނގޭކަމަށެވެ.

މީގެ އިތުރުން ޝިޔާމްވަނީ، މި ވާހަކަތައް ދައްކަވާއިރު ރައްޔިތުން ތިބި ހާލު ނޭނގޭތޯއޭ ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ވެސް ކޯވިޑް-19 ގެ ނުރައްކާތެރި ވާހަކަތައް މަޖިލީހުގައި ދައްކަވާފައިކަމަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން، މި ބައްޔަކީ މާ ބޮޑު ބައްޔަކަށް ނުހައްދަވާ ވާހަކަދެއްކެވި މަންޒަރު ފެނިގެންގޮސްފައިވާކަމަށެވެ.

“ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމުގެ ވާހަކަ އަޅުގަނޑުމެން، އަޅުގަނޑު ވެސް ވާނީ ދައްކާފައި. ނަމަވެސް އޭރުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން މި ބައްޔަކީ މާ ބޮޑު ބައްޔަކަށް ނުހައްދަވާ ވާހަަކަދެއްކެވިތަން އަޅުގަނޑުމެންނަަށް ފެނުނީ. މުޅި ދުނިޔެއިން މި ބަލީގައި އަޅުގަނޑުމެންނަށް މި އިނގެނީ 37،830 މީހުން މިއަދު މީގެ ކުޑަ އިރުކޮޅެއް ކުރިން އަޅުގަނޑު ބަލާލި އިރު މި ދުނިޔެ ދޫކޮށްފި،“ ޝިޔާމް

ޝިޔާމް ވިދާޅުވީ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖުގެ ދަށުން ދިވެހި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައިކަމަށް ވިދާޅުވެ ސަރުކާރުން މި ޕެކޭޖު ތަޢާރަފުކޮށްފައިވާއިރު، މި ޕެކޭޖުން އެންމެ ބޮޑު ހައްލެއް ދިނުމަށްޓަކައި، ސަރުކާރުގެ ވިސްނުން އޮތްކަމަށް ބުނި ރިސޯޓު މުވައްޒަފުން ތަޙައްމަލުކުރަމުންދާ އުނދަގޫ އެނގިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މަސްވެރިން ތަޙައްމަލު ކުރަމުންދާ އުނދަގޫ ވެސް އެނގިވަޑައިގަންނަވާކަމަށާއި، މަސްނުކިރޭތާ މިހާރު 24 ދުވަސް ވެފައިވާކަމަށެވެ. ޝިޔާމް ވަނީ މަސްވެރިންނަށް ލިބުނީ ކޮން ހައްލެއްތޯ ވިދާޅުވެ ސުވާލުއުފައްދަވާފައެވެ. މި ގޮތުން، މި ސަރުކާރުގަ މަސްވެރިން ދުވަސްތައް ގުނަމުންދިޔައީ މިފަދަ ހާލަތެއްގައިކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

”2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށްގެން އެކަމުގެ ވާހަކަދައްކާއިރު، މި ޕެކޭޖް ލިބުނީ ކާކަށްތޯ؟ މި ޕެކޭޖްގެ ދަށުން ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދާ ދިނުމަށްޓަކައި ކަމަށް ވިދާޅުވެ، މި ޕެކޭޖް ތަޢާރަފްކުރީ. ނަމަވެސް މި ޕެކޭޖުން އެންމެ ބޮޑު ހައްލެއް ދިނުމަށްޓަކައި ސަރުކާރުގެ ވިސްނުން އޮތްކަމަށް ވިދާޅުވި ރިސޯޓު މުވައްޒަފުން މިއަދު އެ ތަހައްމަލު ކުރަމުންދާ އުދަނގޫ އަޅުގަނޑުމެންނަށް އެބަ އެނގޭ،“ ޝިޔާމް

ޝިޔާމް ވިދާޅުވީ، މި ޕެކޭޖުގެ ވާހަކަ މޮޅުކޮށްގެން ދެއްކިޔަސް، މިއީ ސަރުކާރަށް ސަނާކިޔާވަރުގެ ޕެކޭޖެއް ނޫންކަމަށެވެ. މީގެ އިތުރުން،
ސްޓިމިއުލަސް ޕެކޭޖު ފަސް ބިލިއަނަށް ހަދަންޖެހޭކަމަށް ވެސް ޝިޔާމްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: