ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު މި އޮތް ހާލަތުގެ ދަށުން އެއްވުންތަކަށް ފުރުސަތެއް ނުދޭނަން: ފުލުހުން

މިވަގުތު މި އޮތް ހާލަތުގެ ދަށުން އެއްވުންތަކަށް ފުރުސަތެއް ނުދޭނަން: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ގުޅިގެން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، އިއްވާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމާއި ހިލާފަށް ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ ބައެއް މީހުން މުޒާހަރާ ކުރުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެންމެންގެ ރައްކަލަށްޓަކައި ހުރިހާ އެންމެންވެސް ގާނޫނީ ތަރަހައިގެ ތެރޭގައި އަމަލުތައް ބެލެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސަފާރީތަކުގައި އުޅޭ މީހުން މުޒާހަރާ ކުރަމުންދަނީ އެ ސަފާރީތަކުގެ ކައިރީގައި ޑިންގީތަކުގައި ތިބެގެންނެވެ. އަދި އެ އަޑުއުފުލުން ކުރިޔަށް ގެންދަނީ ވައިރަހާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ސަފާރީން ފައިބައިގެން ދިޔުން މަނާކޮށްފައިވާތީ އެވެ.  ސަފާރީތަކުން މީހުންނަށް ފޭބޭނީ އެ އުޅަނދުތަކުން ގެސްޓުން ފައިބާތާ 14 ދުވަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: