ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާނެޓްގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ސްޓޭ ހޯމް ޕެކޭޖް: 12 ޗެނަލްއެއް މުޅިން ހިލޭ!

މީޑިއާނެޓްގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ސްޓޭ ހޯމް ޕެކޭޖް: 12 ޗެނަލްއެއް މުޅިން ހިލޭ!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ގުޅިގެން، އާއްމުން ގޭގައި މަޑުކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން މީޑިއާނެޓުން ދޫކުރާ ޗެނަލްތަކުގެ ތެރެއިން ބައެއް ޗެނަލްތައް އެއް މަހުގެ މުއްދަތަށް މުޅިން ހިލޭ ދޫކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ވައިރަސް އާ ގުޅިގެން މީޑިއާނެޓުގެ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މީޑިއާނެޓްގެ ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އެގްޒެކެޓިވް ޝުވެއިކާ ޝަރީފް ވިދާޅުވީ އަމާޒަކީ މި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުންނަށް ވީހާ ވެސް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުގެ މަތީން، ކޮވިޑް-19 ޕެކޭޖުގެ ނަމުގައި އެއްވެސް އަގަކާއިނުލާ ޗެނަލްތައް ދޫކުރުމަށް ނިންމާފައިވާކަމަށް އޭނާ ފާހަގަކުރިއެވެ

މި ޕެކޭޖުގައި ވަނީ 12 ޗެނަލްއެއް ހިމަނާފައެވެ. އެއީ ޓީވީއެމް، އައިސްޓީވީ، ސައުދީ ޤުރުއާން، އަލް ޤުރްއާން، ކިއުރިއޯސިޓީ ސްޓްރީމް، ޕީޕަލްސް ޓީވީ، ނެޓް ޖީއޯ ޕީޕަލް އާއި އެމްޓީވީ އިންޑިއާ، ކޭބީއެސް ވޯލްޑް، ފޮކްސް ފެމިލީ މޫވީސް އަދި ޗެނަލް ނިއުސް އޭޝިއާގެ އިތުރުން ޓްރޭސް ސްޕޯޓްސްއެވެ.

މި ޕެކޭޖް މީޑިއާނެޓްގެ ކޯލް ސެންޓަރު އަދި ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕެކޭޖް އޭޕްރިލް މަހުގެ ނިޔަލަށް އެކްޓިވް ކުރެވޭނެއެވެ. 

https://www.facebook.com/Medianetmv/photos/a.690092787678288/3117056921648517/?type=3&theater

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: