ކޯވިޑް-19 އާއި ގުޅިގެން ދިވެއްސަކު އައިސޮލޭޝަންގައި ބަހައްޓައިފިއެވެ.
އެޗް.ޕީއޭއިން ރޭ ދަންވަރު ކުރި ޓްވީޓެއްގައި ބުނީ، ރައްކާތެރިކަމުގެ ގޮތުން ޢަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ހުރި ދިވެއްސެއްގެ ސާމްޕަލްނަގާ ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
އެ މީހާއަކީ، ރިހިވެލި ދި ޑްރީމް ހޮޓެލް މޯލްޑިވްސް ރިސޯޓުގައި ހުރި މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން، މިހާރު އެ ރިސޯޓުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

