ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19: ވ. ކެޔޮދުއާއި، ކޮންސްޓަންސް މޫފުށި ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ވ.ކެޔޮދޫ. ފޮޓޯ: ބަޖެޓް ހޮލިޑޭ މޯލްޑިވްސްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ކެޔޮދުއާއި، ކޮންސްޓަންސް މޫފުށި ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ކޯވިޑް-19 އަށް ޝައްކުކުރެވޭފަދަ އަލާމާތްތަކެއް ހުރި ދިވެއްސަކު ކެޔޮދޫއިންއ ފެނުމާއެކު، މިހާރު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ކޮންސްޓަންސް މޫފުށި ރިސޯޓުން ވެސް ޝައްކުކުރެވޭފަދަ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނިފައިވާކަމަށާއި، އެ ރިސޯޓު ވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ވ. ކެޔޮދޫއަށް އަރާ ފޭބުން މަނާކުރި އިރު، މީގެން ކުރިން އެ އަތޮޅު ތިނަދޫވެސް ވަނީ އެ ހާލަތަށް ގެނެވިފައެވެ. ނަމަވެސް ތިނަދޫއަށް އަރާ ފޭބުން މަނާކުރީ ކޮވިޑަށް ޝައްކުރެވޭ ފަތުރުވެރިންތަކެއް ފެނުމުންނެވެ.

އެރަށުން ޝައްކު ކުރެވުނު މީހުންގެ ޓެސްޓުކޮށް ނަތީޖާ ލިބުމާއެކު 24 ގަޑި އިރު ނުވަނިސް އެ ރަށުން އަލާމާތް ފެނުނު މީހުންގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެން ލޮކް ޑައުން އުވާލިއެވެ.

ކެޔޮދުއިން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާއާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.  އެހެން ކަމުން ސަރުކާރުން ހާމަ ކުރި މައުލޫމާތު ތަކުން އަލާމާތްތައް ފެނުމުގެ ކުރިން އޭނާ އަކީ ބަލި ޖެހިފައި ހުރި މީހަކާއި ބައްދަލުވި މީހެއްކަން، ނުވަތަ ބަލި ފެތުރެމުންދާ ގައުމަކަށް ޒިޔާރަތް ކުރި މީހެއްކަން ސާފުވާ ގޮތެއް ނުވިއެވެ.

ސަރުކާރުން އޭނާގެ މައުލޫމާތު ހާމަ ނުކުރި ނަމަވެސް، ޝައްކުރެވުނު ފަރާތަކީ އެރަށުގައި ހިންގާ ގެސްޓްހައުސެއްގައި މަސައްކަތްކުރާ މީހެއްކަން ސަންގު ނޫހަށްވަނީ ކަށަވަރު ކުރެވިފައެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވުމުން އެމީހާ އަމިއްލައަށް އެޗްޕީއޭއަށް ރިޕޯޓު ކުރިކަންވެސް ވަނީ ޔަގީންވެފައެވެ. އޭނާ މަސައްކަތް ކުރި ގެސްޓު ހައުސްގައި އެންމެ ފަހުން ތިބީ ޖަރުމަނު ބަޔެއްކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

 

ކޮންސްޓަންސް މޫފުށި ރިސޯޓު. ފޮޓޯ: ހޮޓެލްކޮމްބައިންޑްޑޮޓްކޮމް
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: