ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޞީބާތުން މިންޖުވާން އޮތް މަގަކީ ފާފަތަކުން ތައުބާވެ އިސްތިޣްފާރުކުރުން: ޚުޠުބާ

މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ކޯވިޑް-19 ގެ ބަލިމީހުންތަކެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮކަމުގެ މަގަށް ރުޖޫޢަވެ ނުބައި ކަންކަމުން ދުުރުހެލިވާންޖެހޭކަމަށާއި، ފާފަތަކުން ތައުބާވެ އިސްތިޣްފާރުކުރުމަކީ، މުޞީބާތުން މިންޖުވާންއޮތް މަގުކަމަށް ޚުޠުބާގައި ބުނެފިއެވެ..

މި ގޮތުން، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށްޓަކައި ވަރަށް ގިނަކަންކަމާމެދު ސަމާލުވާންޖެހޭކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ. 

ހަމަ އެފަދައިން، މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި، ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާ، އެންމެ ފުރިހަމަގޮތުގައި އަދާކޮށް ސިއްހީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވާންޖެހޭ ކަމަށްވެސް ހުތުބާގައި ވަނީ ހަދާންކޮށްދީފައެވެ. އަދި މިފަދަ ކާރިސާއެއްގެ ދަނޑިވަޅުގައި މުޖުތަމަޢުގެ ޢާންމު މަސްލަޙަތަށް އިސްކަންދިނުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ. 

ހަމަ އެހެންމެ މިފަދަ ވަގުތެއްގައި އިސްކުރަންވީ ސިފަތަކަށް ބަޔާންކުރައްވަމުން، ޚަޠީބު ވިދާޅުވީ، ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، މުވާސާތާއި، އީޘާރުގެ ސިފަތަކަށް އިސްކަންދޭންޖެހޭކަމަށެވެ.

ޚަޠީބު ވިދާޅުވީ، ކާބޯތަކެތި އިސްރާފު ނުކުރުމަށާއި، އެހެން މީހުންގެ ބޭނުންތަކަށް ބެލުމެއްނެތި، ތިމާއަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކާބޯތަކެތި ގަނެ ރައްކާކުރުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ޚަޠީބު ވިދާޅުވީ، އިސްރާފަކީ ހަމައެކަނި ކެއިންބުއިމާއި ގުޅިފައިވާކަމެއް ނޫންކަމަށާއި، އިސްރާފަކީ ކޮންމެކަމެއްގައި ވެސް ހައްދުފަހަނައަޅައި ދިޔުންކަމުގައެވެ. މި ގޮތުން ބަލާއިރު، އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާއި ހަމައަށް ހިނގައްޖެނަމަ އެއީ ވެސް އިސްރާފުކުރުމެއްކަމަށް ވިދާޅުވިއެވެ.

މި ދުވަސްތަކަކީ އެންމެން ވެސް ގޭގައި ތިބެ ދުވަސްވަރަކަށްވުމުން، ކެއިންބުއިން ގިނަކުރުމުގެ ބަދަލުގައި، މި ފަދަ ތަދުމަޑުކަމުގެ ހާލަތެއްގައި ކެއުންބުއިން މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މި ގޮތުން، މާގިނައިން ކެއުމަކީ، ތަފާތު އެކި ބަލިތަކުގެ ސަބަބެއްކަމުގައިވީހިނދު، ކެއުން ކޮންޓްރޯލްކުރުމަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ އިރު ޝަދުގައި ހިފަންޖެހޭކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ޚުޠުބާގައިވަނީ، މި ވަގުތަކީ އެކަކު އަނެކަކަށް އެހީތެރިވާންވީ ވަގުތުކަން އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވާފައެވެ. ހަމަ އެހެންމެ މުއްސަނދިން ނަމޫނާދައްކަންޖެހޭ ވަގުތުކަން ވެސް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: