ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް ކޮމްޓްރޯލް ކުރުމުގައި ރާއްޖެއިން ނެރެމުންދަނީ އާދެޔާހިލާފް ނަތީޖާއެއް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮރޮންޓްރޯލް ކުރުމުގައި ދިވެހިރާއްޖެއިން ނެރެމުންދަނީ އާދެޔާ ހިލާފް ނަތީއެއް ކަމަށާއި ކޮރޯނާ ވައިރަސްއިން ރާއްޖެ ރައްކާތެރި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ކުރައްވަނީ ވަރަށް ތަފާތު މަސައްކަތްޕުޅެއް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ އިދާރާގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން އެ ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށާއި އަދި ބަލީގެ އަލާމާތްތައް ހުރި މީޙުން ދެނެގަތުމަށް ވެސް ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ވެސް ސަރުކާރުން ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އެހެން ކަމުން ކޮރޯނާ ވައިރަސްގެ ނުރައްކަލުން ސަލާމަތްވެ އެންމެ އަވަހަށް އަރައިގަނެ އެނބުރިގެންދާނެ ގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރާއްޖޭގެ ރައްޔިތުން އިރާދަކުރެއްވީއްޔާ ބިކައެއް ނުވާނެ، އެންމެ ރަނގަޅަށް އެނބުރޭ ގައުމަކަށް އިރާދަކުރެއްވީއްޔާ އަޅުގަނޑުމެންވާނެ، ރައީސުލްޖުމްހޫރީއްޔާ ހިންގަވަމުން ގެންދަވާ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަންކަން ހާއްސަކޮށް ރޯގާ ކޮންޓްރޯލް ކުރުމަށް ކުރައްވަމުން ގެންދަވާ ކަންކަމުން އާދެޔާ ހިލާފް ނަތީޖާއެއް އެބަ ނެރުއްވާ،

ރައީސް ނަޝީދު ވިދާޅުވީ ކޮރޯނާވައިރަހުގެ މިހާލަތަކީ ކޮންމެ ދުވަގަކުވެސް ބަދަލުވަމުންދާ ހާލަތެއް ކަމަށާއި މިއަދު ވިސްނާ ގޮތް ނިންމާ ނިންމުންތައް އަދި ހަދަމުންދާ ޕްލޭންތައް މާދަމާ ބަދަލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާލަތުން އަރައިގަނެ ދިވެހިން ދާން ޖެހޭ ދިމާ އެމަނިކުފާނަށް ވަރަށް ސާފް ކަމަށާއި އަދި ދާން ޖެހޭ ތަން އެމަނިކުފާނަށް ވަރަށް ސާފުކޮށް ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާން ވެސް ސަރުކާރު ވެސް އޮތީ ރާއްޖޭގެ ރައްޔިތުންނާއިއެކުގައި ކަމަށާއި ދާން މަސައްކަތް ކުރާ މަންޒިލަސް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މީގެއިތުރުން ރައީސް ނަޝީދު ވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ވަޒީފާ ގެއްލޭ ޒުވާނުންގެ މައްސަލައަށް ވެސް އަލިއަޅުއްވާލައްވާފައެވެ. 

އެގޮތުން ކޮރޯނާވައިރަހާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުންގެ ވަޒީފާ ގެއްލެމުންދާތީ އެކަމަށް ވަގުތީ ގާނޫނެއް ގެނެސްގެން ނަމަވެސް ހައްލެއް ހޯދުމަށް މަޖިލީހުގެ ވިސްނުން އެބަހުރިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ވަޒީފާ ގެއްލުންދާ ފަރާތްތަކުގެ ހައްގުގައި އަދި މައްސަލަ ހައްލު ކުރުމަށް މިހާރުން މިހާރަށް ކަމެއް ކުރުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ވެސް ގާނޫނެއް ގެނައުމަށް ހަތަރު ފަސް ދުވަސް ނުވަތަ ހަފްތާއެއް ދެ ހަފްތާއެއް ނަގާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ކަންކަން ބަދަލުވަމުންދާ ހަލުވިމިނަށް ބަލާއިރު މިވަގުތު ވަޒީފާ ގެއްލޭ ފަރާތްތަކަށް ހައްލެއް ހޯދުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި ނަމަވެސް އެއްވެސް ދިވެއްސެއް ބިކަވިޔަކަ ނުދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މިހާލަތަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ހާލަތެއް ކަމަށާއި އެހެން ކަމުން މިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭނީ އެންމެން އެކުގައިކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދައި އައު ގޮތްކަެއްގެ ތެރެއިން ރާއްޖެ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: