އެސްޓިއޯއިން ބުނީ، ކޯވިޑް-19 އާއި ގުޅިގެން، އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން، ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާޢީ ގައިދުރުކަމަށް، ސިއްހީ މާހިރުން އިރުޝާދުދެއްވަމުންދާތީ، އެސްޓީއޯ ސްޕަރމާކެޓަށް ނުގޮސް، އޮންލައިންކޮށް އެއްޗެހިގަތުމުން ޑެލިވަރީކުރުމުގެ ޚިދުމަތް ހަމަޖެހިފައިވާކަމަށެވެ.
އޮންލައިންކޮށް ވިޔަފާރިކުރުމަށް ބެނުންވާނަމަ ޖެހޭނީ، އެ ކަމަށް ޚާއްސަ ލިންކަށްވަދެ ބޭނުންވާ މުދާ އިޚުތިޔާރުކުރަންކަމަށާއި، މުދަލަށް ފައިސާދައްކައި ޚަލާސްކުރުމުގެ ކުރިން، އިޚުތިޔާރުކުރި މުދާ ދެވަނަފަހަރަށް ބަލައި ކަށަވަރުކޮށްލަންވާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، އިޚުތިޔާރު ކުރި މުދާ ޑެލިވަރީކުރަން ބޭނުންނަމަ، މުދަލަށް ފައިސާ ދެއްކުމުގެ ކުރިން، ކަސްޓަމަރުގެ ނަމާއި، ޑެލިވަރީކުރަން ބޭނުންވާނަމަ އެ މަޢުލޫމާތު ހިއްސާކުރަންޖެހޭނެކަމަށެވެ.
މީގެ އިތުރުން، އެސްޓީއޯއިން ބުނީ، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވެސް ގަންނަން އިޚުތިޔާރުކުރި މުދަލަށް ފައިސާދެއްކޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ، ގަންނަ މުދާ ބަލައި ސްޓޯރަށް ވެސް ދެވޭނެ ކަމަށެވެ. މި ގޮތުން، ގަތް މުދާ ބަލައިދާންޖެހޭނީ ސްޕަމާރޓްގެ ފަހަތުގައި އޮންނަ އިބްރާހިމް ޙަސަންދީދީ މަގު ނުވަތަ އެމްޔޫ ސްޓޯރު ހުންނަ މަގުން ސްޕަމާރޓަށް ވަދެވޭގޮތަށް ހުންނަ ދޮރާއްޓަށްކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

