ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19: ކަރަންޓީނުކޮށްފައި ތިބި 49 މީހުން މިއަދު ދޫކޮށްލާނެކަމަށް ސަރުކާރުން ހާމަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީނުކޮށްފައިވާ މީހުންގެތެރެއިން 49 މީހުން މިއަދު ދޫކޮށްލާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުން، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިއަދަކީ ކަރަންޓީނުގައިތިބި ގިނަ ބަޔަކު ދޫކޮށްލަން ނިންމާފައިވާ ދުވަހެއްކަމަށާއި، މި ގޮތުން މިއަދު ދޫކޮށްލަން ނިންމާފައިވާ 49 މީހުންގެ ސާމްޕަލް ނަގާފައިވާކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ސާމްޕަލްގެ ނަތީޖާތައް މިއަދު ލިބޭނެކަމަށާއި، ނެގެޓިވްވެއްޖެނަމަ އެ މީހުން ދޫކޮށްލަން ނިންމާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިއަދު ދޫކޮށްލާ މީހުންނާއި ހަވާލުވާންދާއިރު، އެކަކަށްވުރެ އިތުރަށް އެ މީހުން ބަލައިނުދިޔުމަށް އިލްތިމާސްކުރާކަމަށާއި، ތޮއްޖެހިފައި އޮންނަ ތަނެއްގެ ގޮތުގައި އެ ތަން ނުވުމަށް އެދިލައްވާކަމަށެވެ.

”އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެ މީހުން ބަލާ އެކަކަށްވުރެ ގިނަ މީހުން ނުދިއުން. އަދި އެތަން ތޮއްޖެހިފައި އޮންނަ ތަނެއްގެ ގޮތުގައި ނުބޭއްވުން.“ މަބުރޫކް

 

މިއަދު 49 މީހުން ދޫކޮށްލަން ނިންމާފައިވާއިރު، މި މަހުގެ ދެވަނަ ދުވަހުވަނީ ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ  4 މީހަކު، ދޫކޮށްލާފައެވެ. މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ދެ މީހަކު ވެސް މިހާރުވަނީ ދޫކޮށްލައިފައެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކަރަންޓީނު ފެސިލިޓީސްތަކުގައި މިހާރު ތިބީ ޖުމްލަ 881 މީހުންނެވެ. މީގެ އިތުރުން ވެލިދޫ ރިސޯޓުގެ އައިޝޮލޭޝަން ފެސިލިޓީގައި މިހާރު ވެސް 11 މީހުން އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: