ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ނުލިބުމުގެ މައްސަލައަށް، އެސްޓީއޯއިން ހައްލު ހޯދައިދެނީ

ފޮޓޯ: ސަންއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ރާއްޖެއިން ބޭރުން ބޭސް ގެންނަންޖެހޭ މީހުންނަށް ބޭސް ގެނެސްދިނުމުގެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިދީފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަމާއި ގުޅޭ ގޮތުން ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ރާއްޖެއިން ބޭރުން ބޭސް ގެނައުމުގެ އިންތިޒާމުތައް އެސްޓިއޯއިން ހަމަޖައްސައިދީފައިވާކަމަށެވެ.

މި ގޮތުން، މަބްރޫކް ވިދާޅުވީ، ބޭސް ހޯދަން ބޭނުންވާ މީހުން، ޑޮކްޓަރު ދީފައިވާ ބޭސްސިޓީ ހިފައިގެން، މަޖީދީމަގުގައި ހުންނަ އެސްޓީއޯގެ ހެންވޭރު ފާމަސީއަށް ދިއުމުން އެކަން ހަމަޖެހިގެންދާނެކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ހޯދަން ބޭނުންވާ ބޭހަކީ، އާސަންދަ ނުވަތަ އެންސްޕާގެ ދަށުން ލިބޭ ބޭހެއްކަމުގައިވާނަމަ، އެސްޓީއޯއިންދޭ ކޯޓޭޝަން ހިފައިގެން، ފާމަސީއަށް ގޮސް ފައިސާގެ ކަންތައްތައް ހަމަޖެއްސުމުން، ރާއްޖެއިން ބޭރުން އެ ބޭހެއް ގެނެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެކަމަށެވެ.

މިހާރު ކުރިމަތި ވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި، ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް އަލުން ޑޮކްޓަރަށް ނުދެއްކި ކަމުގައިވިޔަސް، ފާމަސީތަކުން އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ އިންތިޒާމު ސަރުކާރުންވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: