ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް ކާޑިއެކް ސެންޓަރާއިއެކު ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލިއްޖެ: ހަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ކާޑިއެކް ސެންޓަރާއިއެކު ރާއްޖޭގެ ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލިގެން ގޮސްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވީ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީއީއޯ ހަލީމް ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން ނޭޝަނަލް ކާޑިއެކް ސެންޓަރަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް މަރުކަޒު ކަމަށެވެ. އަދި އެ ސެންޓަރުގެ މަސައްކަތަކީ ނަމޫނާ ޚިދުމަތެއްކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އާންމުންގެ ބޮޑު އިތުބާރެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އެ ސެންޓަރާއިއެކު ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި ރާއްޖޭގައި ތިބެެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލި މީހުންނަށް ލިބުނު ލުއިފަސޭހައެއް،“ ހަލީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީއީއޯ ވަނީ އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ފެބްރުއަރީ މަހު އައްޑޫ ސިޓީގައި ފެށި ކެތުލެބުގެ ޚިދުމަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާތަނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި 38 އެންޖިއޯގްރާމް، 20 އެންޖިއޯ ޕްލާސްޓީ، ކެރޮޓެޑް އާޓަރީގެ އެއް އެންޖިއޯގްރަފީ، އެއް ޕޭސް މޭކަރ އަދި އެއް އޭއައިސީޑީ އިމްޕްލާންޓް ކާމިޔާބުކަމާއެކު ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އެ ސެންޓަރުގެ އާ ނަމާއި ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ.

މިއަދުން ފެށިގެން ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމަކީ ”ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ޤައުމީ މަރުކަޒު“ އެވެ. މިއީ ރާއްޖޭގެ ހިތުގެ ބަލިތަކަށް ފަރުވާދޭ މައި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: