ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތި ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފަނުގެ ހާދިސާއެއް ހިނގައިފި

ކޯވިޑް-19 އިގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދު ހީނަރުވަމުންދާއިރު، ކާބޯތަކެތި ލިބުން މިއަދު ދަތިކަމަކަށްވެފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް ކާބޯތަކެތި ހިފައިގެން ދަތުރުކުރި ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑިއެފުން މިއަދު ބުނީ، އެ ބޯޓަކީ ރާއްޖެއަށް ފިޔާ އަދި ބިސްހިފައިގެން ދަރުރުކުރަމުންއައި ބޯޓެއްކަމަށާއި، އެ ބޯޓުގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާކަމަށެވެ.

މި ހާދިސާގައި ބޯޓުގައި ތިބީ އިންޑިއާގެ 11 މީހުންކަމަށާއި، މިއިން މީހަކަށް އަނިޔާއެއް ނުލިބޭކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ”އެމްވީ ވީބީ ޕްރޮގްރެސް“ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ރިޕޯޓުކޮށްފައިވަނީ، ހުކުރު ދުވަހުގެރޭ މެންދަމު 12:30 ގައިކަމަށާއި، އެ ވަގުތު އެ ބޯޓު ދަތުރުކުރަމުންއައީ ރާއްޖޭގެ ބޭރު ކަނޑުންކަމަށެވެ.

މިހާރު ބޯޓުގެ ފަޅުވެރިން އިންޖީނު ހެދުމަށްފަހު، ރާއްޖެއަށް ދަތުރުކުރަމުން އަންނަކަމަށާއި، އެ ބޯޓު މާލޭގައި ބަނދަރުކުރާނީ މިއަދު މެންދުރުފަހު 15:00 ކަންހާއިރުކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: