ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ވަޒީރަކާއެކު އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން އޮންލައިންކޮށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރަން މައުލޫމާތުތައް ސާފުކޮށް ދިރާސާ ކުރުމުގެ ގޮތުން އެކަމާއި ގުޅުންހުރި ހަތަރު ވަޒީރަކާ އޮންލައިންކޮށް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ހޮނިހިރު ދުވަހުގެ ރޭ ނިންމައިފިއެވެ.

ސަރުކާރުން ތައާރަފު ކޮށްފައިވާ 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ފެންނަ ކަންކަން ކަނޑައެޅުމާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އަދި ކަމަށް މަޖިލީހުގެ ތަޅުމުގައި ބަހުސްވެސް ކުރެވުނެވެ.

އެ މައްސަލައިގެ ބަހުސްގައި މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 72 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ 19 ވަނަ މަޖިލީހުގައި އެންމެ ގިނަ އަދަދެއްގެ މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރަން މަޝްވަރާ ކުރުމަށް އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ އެކު ކޮމިޓީ ކުރިއަށް ގެންދާށެވެ.

އިކޮނޮމިކް ޕެކޭޖްގެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ބައެއް ކޮމިޓީތަކުން ފަށާފައިވާއިރު އެ ޕެކޭޖްގައި ހިމެނޭ އިގްތިސާދީ ކޮމިޓީއާ ގުޅޭ 17 ނުކުތާއެއް އެ ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުވަނީ ފަށާފައެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވީ ކޮމިޓީން ދިރާސާ ކުރާ 17 ނުކުތާގެ މައުލޫމާތުތައް ގުޅުން ހުރި ހަތަރު މިނިސްޓްރީން ހޯދުމަށެވެ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހުށަހެޅުއްވީ ކަމާ ގުޅުން ހުރި ހަތަރު މިނިސްޓްރީން މައުލޫމާތު ހޯދުމަށް ފަހުގައި، ކޮމިޓީން ދިރާސާ ކުރާ 17 ނުކުތާއާ ގުޅޭ ގޮތުން ވެބް ކޮންފެރެންސް މެދުވެރިކޮށް އެ ހަތަރު މިނިސްޓްރީގެ މިނިސްޓަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށެވެ.

ކޮމިޓީން ކުރާ މަސައްކަތުގެ ތެރޭގައި، އެކި މިނިސްޓްރީތަކާ ގުޅައިގެން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރި ކަން ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވެސް ފާހަގަކުރެއްވި އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ވާޗުއަލްކޮށް ކުރިއަށް ގެންދަން އެސްއޯޕީއެއް ހަދާފައި އޮތްއިރު، މިނިސްޓަރުންނާ ސުވާލުކުރުމުގެ ކުރިން ފަސް ދުވަހު ނޯޓިސްއެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮމިޓީއަކަށް ކަމާ ގުޅޭ މުއައްސަސާއެއްގެ ބޭފުޅުން ހާޒިރު ކުރާއިރު ފަސް ދުވަހުގެ މުއްދަތުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ބައްދަލުވުންތައް ބޭއްވޭ މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޓީގެ މުޤައްރިރުވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި މި ހަފުތާގައި ލޯނު ދޫކުރަން ފަށަން ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: