މި ދަނޑިވަޅަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ސްޓޭކް ހޯލްޑަރުންނާއި ބައްދަލުކޮށް މިކަމަށް ބޭނުންވާ އެކްޝަންތައް ނުވަތަ ފިޔަވަޅުތައް އެކުލަވާލަންވީ ވަގުތުގެ ގޮތުގައި އޭޑީކޭ ޓްރޭޑްސްއިން ބުނެފިއެވެ.
ނޫސްބަޔާނެއް ނެރެ އޭޑީކޭ ޓްރޭޑްސްއިން ބުނެފައިވަނީ، އެ ކުންފުނިން ކުރަމުން އަންނަ ތަފާތު އެކި މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކްސް އޮޕަރޭޝަންސްތަކާއި ލަގްޒަރީ ކްރޫސިންގެ ހިދުމަތްތައް ހިމެނޭ ކަމަށެވެ. ކޮރޯނާ ވައިރަހާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އެތައް ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކާއި ކުރިމަތިވަމުންދާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ އަސަރު އޭޑީކޭ ޓްރޭޑްސްއަށް ވެސް ކުރަމުންދާ ކަމަށެވެ.
މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސައްކަތް ކުރަމުންދަނީ، ކުންފުނީގެ މުވައްޒަފުންނަށް އަސަރު ނުކުރާގޮތަށް ކަންކަން ރާވައި ބައްޓަންކުރުމަށްކަން ފާހަގަކޮށް އޭޑީކޭ ޓްރޭޑްސްއިން ބުނެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމާއި އެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާއި އެންގުންތަކަށް ކުންފުނިން އަމަލު ކުރަމުންދާނެ ކަމަށެވެ.
https://twitter.com/ADKTrades/status/1246759233938280448
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު އަދި ހަރުދަނާ ނިންމުންތަކެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މީހުން ދިރިއުޅޭ ރަށަކުން މި ބަލި ފެނިފައި ނުވުން ކަމަށެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ސްޓޭކް ހޯލްޑަރުންނާއި ބައްދަލުކޮށް މިކަމަށް ބޭނުންވާ އެކްޝަންތައް ނުވަތަ ފިޔަވަޅުތައް އެކުލަވާލަންވީ ވަގުތުގެ ގޮތުގައި އޭޑީކޭ ޓްރޭޑްއިން ވަނީ ބުނެފައެވެ. އަދި މިފަދަ އެކްޝަން ޕްލޭނެއް ނެތްނަމަ، ކުންފުނިތަކުން ކުރާ މަސައްކަތްތައް ހުއްޓި، މުވައްޒަފުން ރިޑަންޑަންޓް ކުރަންޖެހޭ ހާލަތަށް ގޮސްދާނެ ކަމަށެވެ.
”ގާނޫނު ނަމްބަރު 2/2008 (ވަޒީފާ އާއި ބެހޭ ގާނޫނު) ގައި މުވައްޒަފުން ރިޑަންޑަންޓް ކުރެވޭނެ އުސޫލެއް ބަޔާންކޮށްފައި ނުވީ ނަމަވެސް ކުންފުންޏަށް ދިމާވާ އިގްތިސޯދީ ހާލަތާއި ގުޅޭގޮތުން ހައިކޯޓު ނަމްބަރު 2015/HC-A-01/01 ގަޒިއްޔާއިން މުވައްޒަފުންގެ މުސާރަ އުނިކޮށް ރިޑަންޓަންޓް ކުރެވޭނެ އުސޫލެއް ވަނީ ކަނޑައަޅައިދީފައެވެ. ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސް އުނިކޮށް މި ދަނޑިވަޅުގައި ކުރިޔަށް ދިއުމަށް ވިސްނާފައި ވީ ނަމަވެސް މިހާރު މިވަނީ ކުންފުނިތަކުގެ މަސައްކަތްތައް ނުކުރެވޭނެ ހާލަތެއް މެދުވެރިވެފައެވެ.“ އޭޑީކޭ ޓްރޭޑް ބަޔާން
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ކަމާއި ގުޅޭ އެހެނިގެން މުވައްސަސާތަކުން އިސްނަގައިގެން މެދުފަންތީގެ އަދި ބޮޑު ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް އަދި އިގްތިސޯދީ ގެއްލުން ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި މިހާލަތުގައި އެފަދަ މާހައުލެއް ގާއިމް ކުރެވިއްޖެނަމަ، ގެއްލުންތައް ފޫބެއްދުމަށް ކަޑައަޅާފައިވާ ސްޓިމިއުލަސް ޕެކޭޖުތަކަށް ވިޔަފާރިތަކާއި ވަކިވަކި ފަރުދުން ބަރޯސާވާ މިންވަރު ކުޑަކުރެވި މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އޭޑީކޭ ޓްރޭޑްސްއިން ބުނެފައިވަނީ މި ދަނޑިވަޅަކީ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ފިޔަވަޅުތަކާއި އެއްވަރަށް މިކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި އުފެދޭ ބިރުވެރިކަން ނައްތާލައި އާއްމު ހާލަތަކަށް މުޖްތަމައު އާއި ރައްޔިތުންގެ ދިރިއުޅުން އިޔާދަކުރުމަށް ހިތްވަރު ލިބޭފަދަ ސައްހަ މައުލޫމާތައް ހިއްސާކޮށް ހާލަތާއި އެކަށީގެންވާ ފިޔަވަޅުތައް އަޅަންވީ ވަގުތު ކަމަށެވެ. އަދި ހިއްސީ އިޖުތިމާއީ، އިގްތިސޯދީ އަދި ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރަމުންދާއިރު އާއްމު ސިއްހަތާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އެންމެން އެކީ މަޝްވަރާކޮށް މިއަޑިގުޑަނުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.


One Response
ޜަނގަޅު ވާހަކަ އެއް – ވިޔަފާރިތައް ފުންޑާލުން އެއީ ހައްލެއް ނޫން