ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން ގެންނަ ދަތުރުތަކުގެ އަގުބޮޑުކަމުގެ ޝަކުވާ: ލަންކާ ޓިކެޓް 4،626 ރުފިޔާއަށް

ދިވެހިން ގެންނަ ދަތުރުތަކުގެ އަގުބޮޑުކަމުގެ ޝަކުވާ: ލަންކާ ޓިކެޓް 4،626 ރުފިޔާއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ގުޅިގެން ކާފައިފު އިއުލާނުކޮށްފައިވާ އަވައްޓެރި ލަންކާގެ ކޮލަބްބޯ އާއި އިންޑިއާގެ ކޮޗިންއިން މޯލްޑިވިއަންގެ ފްލައިޓުތަކެއް ޝެޑިއުލްކޮށް އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ ޓިކެޓު އަގުބޮޑުވުމުގެ ޝަކުވާތައް ގިނަ ވެއްޖެއެވެ.

ގައުމީ އެއާލައިންއިން ވަނީ ލަންކާ އަދި އިންޑިއާގައި ތިބި ދިވެހިން ގެނައުމަށް އެ ގައުމުތަކަށް ދަތުރުތަކެއް ކުރުމަށް ހަމަޖައްސާފައިވާއިރު ޓިކެޓުތަކުގެ އަގު އާއްމު އަގުތަކަށް ވުރެ ބޮޑުވުމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ޓިކެޓުތައް ވިއްކަމުން ދަނީ އެއްކޮޅު ޓިކެޓެއް 4،626ރ. އަށް، ކޮޗިން އިން އަންނަ މީހުންނަށް 4،086ރ. އަށެވެ. އާންމުކޮށް ރާއްޖެ އާއި ލަންކާއާ ދެމެދުގެ ދެކޮޅު ޓިކެޓް 4،142ރ. އަށް ލިބެ އެވެ. އަދި ރާއްޖެ-ކޮޗިންގެ ދެކޮޅު ޓިކެޓް 2،775ރ. އަށް ލިބެ އެވެ.

މޯލްޑިވިއަނުން މާލެ އާއި ލަންކާއާ ދެމެދު ދަތުރެއް ނުކުރެއެވެ. ދިވެހިން ގެނައުމަށް ފްލައިޓެއް ޝެޑިއުލް ކުރީއެވެ. މޯލްޑިވިއަންއިން ”ސަންގު“ އަށް ބުނެފައިވަނީ މޯލްޑިވިއަން އިން ލަންކާގެ އެއާޕޯޓަށް ލޭންޑު ކުރުމަށްފަހު ގްރައުންޑް ހޭންޑްލިންއަށް ފައިސާ ދައްކަންޖެހޭނެ ކަމަށެވެ. ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރުމަށް މޯލްޑިވިއަނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ. އަދި އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރުމަށް ބޭނުންކުރާނީ 200 ގޮނޑީގެ މަތިންދާ ބޯޓެއް ކަމަށްވެސް އެ އެއަރލައިނުން ހާމަކުރެއެވެ.

ކޮލަމްބޯ އާއި ކޮޗިންގައި ރާއްޖެއަށް ނާދެވި ތާށިވެފައި ގިނަ ބަޔަކު ތިބީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި އިންޑިއާ އާއި ލަންކާއަށް ވައިގެ ދަތުރުތައް ކުރުން ހުއްޓައިލުމުންނެވެ.

އިންޑިއާ އާއި ލަންކާގެ ވައިގެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން ރާއްޖެ ނާދެވި ތިބި ދިވެހިންނަށް ސަރުކާރުން އައީ އެހީތެރިވަމުންނެވެ. އެގޮތުން، އިންޑިއާގައި ތިބި ދިވެހީންނަށް އާސަންދަ އާއި އެންސްޕާ އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވައިރަސް އާއި ގުޅިގެން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ދުނިޔޭގެ އެތައް ގައުމެއް ލޮކްޑައުންކޮށް، އެއާ ސްޕޭސް ވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން އެކި ގައުމުތަކުގައި ތަށިވެފައި ތިބި އެތައް ދިވެހިންނެއް އެބަތިއްބެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: