ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ފަހިކޮށްދިން ފުރުސަތުގައި މިފަހަރު 8.9 ޓަނުގެ ކެއާ ޕެކޭޖް ގެންދިއުމަށް ލިބިފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފި އެވެ.
ލަންކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެން ސްރީލަންކާގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އެ ގައުމުގެ ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް އިއުލާނުކުރި ކާފިއުގެ މުއްދަތު ހަމަވެފައިވާއިރު، މިވަގުތު ކާފިއު ހިންގަމުންދަނީ ހައި ރިސްކުކަމަށް ބެލެވޭ ސަރަހައްދުތަކަށެވެ.
ވައިރަސް އާއި ގުޅިގެން ލަންކާގެ ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ. އަދި އެ ގައުމުގައި ތިބި ބައެއް ދިވެހިން ދަނީ އެ ހާލަތު އުވާލިހާ އަވަހަށް ރާއްޖެ އައުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ދަނީ، ލަންކާގައި ތިބި ދިވެހިންނަށް ފޯރުކޮށްދެވެން އޮތް އެހީތައް ދެނެގަނެ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން، ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ކޮންމެ ދުވަހަކު ދިވެހިންގެ ހާލު ބަލައެވެ.
ވައިރަސް އާ ގުޅިގެން ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓިފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު މޯލްޑިވިއަންގެ ފަރާތުން ލަންކާއަށް ކުރާ ކާގޯ ދަތުރުގައި ދިވެހިންނަށް ފޮނުވާ ތަކެތި ގެންދިއުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ދަތުރުގައި ތަކެތި ގެންގޮސްދިނުމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ފުރުސަތު ލިބުނު މީހުން ވަނީ ހޮނިހިރު ދުވަހު ތަކެތި ހަވާލުކޮށްފައެވެ. އެ ތަކެތި މިހާރު ހުރީ ލަންކާއަށް ގެންދިއުމަށް މޯލްޑިވިއަންގެ ފްލައިޓަށް އަރުވާފައެވެ.
https://twitter.com/MaldivianAero/status/1246716084624871424
ކޮންމެ ހަފުތާއަކު އެ ދަތުރު ކުރުމަށް ނިިންމާ އެ ކާގޯ ބޯޓު މެދުވެރިކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނީ ކޮންމެ އާއިލާއަކަށް 15 ކިލޯކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް ވަނީ ބުނެފައެވެ.
ފޮނުވޭނެ ތަކެތީގެ ލިސްޓެއް ހާމަކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އާއިލާތަކުން ޑޮކްޓަރުގެ ބޭސް ސިޓީއެއް އޮތް، ޑަކްޓަރީ ބޭސް ފޮނުވޭނެ ކަމަށެވެ. އަދި ކެއުމުގެ ބާވަތެއްގެ ގޮތުގައި މަސް ދަޅު ކޭހާއި، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ރިހާކުރު ފުޅި، އަދި ޕެކްކޮށްފައި ހުންނަ މަސްފަތާއި، ތެލުލިފަތް ފޮނުވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ފިހާރަތަކުގައި ޕެކްކޮށްފައި ހުންނަ އެ ނޫންވެސް ކާބޯތަކެތި ފޮނުވޭނެ ކަމަށެވެ.
ލަންކާއަށް ނުފޮނުވޭނެ ތަކެތީގެ ތެރޭގައި ފައިސާ އާއި، ރޯމަސް އަދި މޭވާ އާއި ތަރުކާރީ ހިމެނެއެވެ.
ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށްކަން މިނިސްޓްެރީއިން ވަނީ ފާހަގަކޮށްފައެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ހުށައަޅަން ޖެހޭއިރު ރާއްޖެއިން ފޮނުވާތަކެތި ހަވާލުކުރާނީ ހައިކޮމިޝަން މެދުވެރިކޮށެވެ. ތަކެތި ބަލައިގަންނާނީ ގްރޭޓާ މާލޭ ބަސްސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00 ފެށިގެން 13:00 އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ
ލަންކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެން ސްރީލަންކާގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އެ ގައުމުގެ ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް އިއުލާނުކުރި ކާފިއުގެ މުއްދަތު ހަމަވެފައިވާއިރު، މިވަގުތު ކާފިއު ހިންގަމުންދަނީ ހައި ރިސްކުކަމަށް ބެލެވޭ ސަރަހައްދުތަކަށެވެ. އެ ގައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު 174 އަށް އެވެ. އަދި މިހާތަނަށް 29 މީހަކު ވަނީ ރަނގަޅުވެފައެވެ.

