ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެވެލް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮ ހިދުމަތް ދޭން ފަށައިފި

ޓްރެވެލް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮ ހިދުމަތް ދޭން ފަށައިފި - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ހިޔާ -2 ގެ ފުރަގަހުގައި ހިންގަމުންދިޔަ ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އެކަން އިއުލާނުކޮށް ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ކްލިނިކްގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 22:00 ލިބޭނެކަމަށެވެ.

މި ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އައިޖީއެމްއެޗްއިން ވަނީ ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމުގެ ބަދަލުގައި އެ ކްލިނިކަށް އައިސް ޑޮކްޓަރަކަށް ދެއްކުމަށް އެދިފައެވެ.

މާލޭ ހިޔާ -2 ގެ ފުރަގަހުގައި ޓްރެވެލާސް ކްލިނިކް އޭރު ހަދާފައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، އޭރު އުމްރާއިން އައި ދިވެހިންނަށް ހާއްސަކޮށްގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން މިހާރު ދަނީ 14 ދުވަހަށް ކަރަންޓީން ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: