ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއުގެ ވަގުތުގައި މަގުމަތީގައި އުޅުނު މީހަކު ޖޫރިމަނާކޮށްފި

އިއްޔެ ހަވީރު ފުލުހުން ހުޅުމާލޭގައި ޕެޓްރޯލްކުރުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިއުގެ ވަގުތުގައި މަގުމަތީގައި އުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

ވޭތުވެދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ކޮންމެ ދުވަހަކު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް، ކާފިއު ހިންގާގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާގޮތުގައި، ކާފިއުގެ ވަގުތުތަކުގައި، ޚާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން މަގުމައްޗަށް ނިކުމެ އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެކަމަށެވެ.

އެހެންނަމަވެސް އެ ކަން ތަކުރާރުވާނަަ، 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ. މި ގޮތުން އިއްޔެ ( 2020.04.05 ) ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ރޭ ވަނީ ހާމަކޮށްފައެވެ.

 

އިއްޔެގެ ކާފިއު ގަޑީގައި ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަނީ

https://twitter.com/PoliceMv/status/1246829060077940736?s=20

މި ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ފާއިތުވެދިޔަ ތިން ދުވަހުވެސް، ފުލުހުންވަނީ އެތައް މީހަކަށް ނަސޭހަތްތެރިވެފައިވެއެވެ. މި ގޮތުން ބަލާއިރު،
ހަމައެކަނި އިއްޔެ ވެސް 139 މީހަކަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އެއީ 122 ދިވެހިންނާއި، 17 ބިދޭސީންކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން، ހަތް މީހަކަށް ދެވަނަ ފަހަރަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: