ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގު އިންތިޒާރުތަކެއްގައި މަޑުކުރުކުރުމަށްފަހު، 100 ދިވެއްސަކު އެނބުރި ރާއްޖެ އަތުވެއްޖެ

ރާއްޖެއައި 100 ދިވެހީންގެތެރޭގައި ހިމެނޭ "ޓީސީ". ފޮޓޯ: ޓްވިޓަރ(އެފްއޭއެމް(
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގު އިންތިޒާރުތަކެއްގައި މަޑުކުރުކުރުމަށްފަހު، ލަންކާގައި ތިބި 100 ދިވެއްސަކު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަން ސާރވިސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމު ވިދާޅުވި ގޮތުގައި، މި 100 ދިވެހިން ރާއްޖެ ގެނެސްފައިވަނީ، ހޮނިހިރު ދުވަހުގެ ރޭ 21:45 ކަންހާއިރު މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައެވެ.

މި 100 ދިވެހިންގެތެރޭގައި، އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ފުޓްބޯޅަ ކްލަބް ”ބަޝުންދަރާ ކިންގްސް“ އާއި ދެކޮޅަށް ކުޅުމަށް އެ ޤައުމަށްދިޔަ ”ޓީސީ ސްޕޯރޓްސް ކްލަބް“ ގެ ކުޅުންތެރިން ވެސް ހިމެނެއެވެ.  މާޗްމަހުގެ 11 ވަނަ ދުވަހު މެޗުކުޅުމަށްފަހު، ޓީސީގެ ކުޅުންތެރިން ދިޔައީ ލަންކާއަށެވެ.

ލަންކާއަށް ގޮސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަމުން އަންނަނިކޮށް، އެ ޤައުމު ލޮކްޑައުން ކުރުމާއިގުޅިގެން ޓީސީގެ ކުޅުންތެރިންނަށް އެނބުރި ރާއްޖެ އާދެވޭގޮތްވަނީ ނުވެފައެވެ.

ޓީސީގެ ކުޅުންތެރިންގެ އިތުރަށް، ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގެނެވުނު މީހުންގެތެރޭގައި ލަންކާގައި ބޭސްފަރުވާއަށް ގޮސް ތިބި ގިނަ މީހުން ވެސް ހިމެނޭކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒުވަނީ ފާހަގަ ކުރައްވާފައެވެ. 

null

ޓީސީގެ ކުޅުންތެރިންނަށް އެނބުރި ރާއްޖެ އާދެވޭގޮތްވުމުން އެފްއޭއެމް(ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފަށް ޝުކުރުއަދާކުރައްވާފައެވެ.

https://twitter.com/bassam_jaleeI/status/1246818677858566146?s=20

މި 100 ދިވެހިންގެ އިތުރަށް ވެސް، އެކި ޤައުމުތަކުގައި ލޮކްޑައުންވެފައި ތިބި ދިވެހީން ގެނައުމުގެ މަސައްކަތްތައް ސަރުކާރުންދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: