ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިންގ މިނިސްޓްރީގެ ޚިދުމަތް ދިނުމުގެ އިންތިޒާމްތަކަށް ބަދަލެއްގެނެސްފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް. ފޮޓޯ: ހައުސިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 ގެ ކުއްލިހާލަތާއި ގުޅިގެން، ހައުސިންގ މިނިސްޓްރީގެ ޚިދުމަތް ދިނުމުގެ އިންތިޒާމްތަކަށް ބަދަލެއްގެނެސްފިއެވެ.

ހައުސިންގ މިނިސްޓްރީން ހޯމަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނީ، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރެވިފައިވާތީއާއި، ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީއާއި، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގަވާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް ސަރުކާރު ހުޅުވެންދެން، އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ޚިދުމަތްދިނުމުގެ އިންތިޒާމްތަކަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

މި ގޮތުން، އޮފީހާއިގުޅޭ އާންމު ކަންކަމުގައި މަޢުލޫމާތު ހޯދުމަށް، ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް، އެ މިނިސްޓްރީގެ 3004300/3004302 ނަންބަރު މެދުވެރިކޮށް ގުޅުމަށް، ހައުސިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، ”މަގޭހިޔާވަހި“ ހެލްޕްޑެސްކަށް ގުޅާނީ، ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށްކަމަށް ވެސް ހައުސިންގ މިނިސްޓްރީންވަނީ ބުނެފައެވެ.

މި ގޮތުން، ”މަގޭހިޔާވަހި“ ހެލްޕްޑެސްކަށް ގުޅާނީ،
3021500/3021503 މި ދެ ނަންބަރު މެދުވެރިކޮށްކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ވަކި ގޮތަކަށް ހުށަހެޅުމަށް އެދި އިޢުލާންކޮށްފައިވާ ތަކެތި ފިޔަވައި، އެ މިނިސްޓްރީއަށް ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުން އީ-ގަވް ނުވަތަ އީމެއިލް secretariat@housing.gov.mv މެދުވެރިކޮށް ހުށަހެޅުމަށެވެ.

އެއަށްފަހު ހާރޑްކޮޕީ ހުށަހަޅަންޖެހޭ ތަކެތި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި ނުވަތަ ލިޔުމުގައި ފޮނުވިފަރާތް އެނގޭނޭހެން ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ޖެހުމަށްފަހު ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްގެ ތެރެއިން އެ މިނިސްޓްރީގެ ނަންޖަހާފައިވާ ޑްރޮޕްބޮކްސްއަށް ލުމަށްވެސް އެ މިނިސްޓްރީންވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: