ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައި ތިބި މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހުނު، ހުރިހައިކަމެއް ކުރާނަން: ޖެންޑަރ މިނިސްޓަރ

ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައި ތިބި މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހުނު، ހުރިހައިކަމެއް ކުރައްވާނެކަމަށް ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނައި މަޢުލޫމަތު ހިއްސާކުރައްވަމުން މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުމަކީ، އެ މިނިސްޓްރީން ޚާއްސަ އަހައްމިއްޔަތެއް ދެއްވައިގެން ކުރައްވާނެ ކަމެއްކަމަށެވެ.

މި ގޮތުން، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައިވާ ހުރިހައި މަރުކަޒެއްގައި، މަސްދުވަހަށް ފުދޭވަރަށް ކާބޯތަކެތީގެ އިންތިޒާމުތައް ހަމަޖައްސަވާފައިވާނެކަމަށް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ރޫމް ޤާއިމުކޮށްފައިވާނެކަމަށާއި، ފިޔަވަތީގައި އައިސޮލޭޝަން ތިން ރޫމް ޤާއިމުކޮށްފައިވާނެކަމަށެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ފިޔަވަތި. ފޮޓޯ:ސަން

މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ވެސް އައިސޮލޭޝަން ދެ ރޫމު ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި، އެމަޖެންސީ ހާލަތްތަކުގައި ފަރުވާދިނުމަށްޓަކައި، ބޭނުންވާނެ މެޑިކަލް ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ވެސް އެ މަރުކަޒުގައި ކުރިއަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: