ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާހާ ހިނދަކު ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ:ފިލްޒާ

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާހާ ހިނދަކު ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ބޭނުން ވެއްޖެނަމަ އެކަން ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާހާ ހިނދަކު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުވެެނެކަން ބަޔާން ކުރައްވާ މަޖިލީހުގެ ކައުންސެލް ޖެނަރަލް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ގާނޫނީ ލަފާ ދެއްވީ ކައުންސިލް އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިލަރުންގެ އުމުރު އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވުމުން އެއީ މިހާރު ރާއްޖޭގައި ހާލަތު އޮތް ގޮތުން ކުރެވިދާނެ ކަމެއްތޯ ވިދާޅުވެ މަޖިލީޙުގެ ރައީސް ރައީސް ނަޝީދު ސުވާލު އުފެއްދެވުމާއި ގުޅިގެންނެވެ. 

ހޯމަދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރާ ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތީ އެފަދަ ހާލަތެއް ކަމާ މެދު އަދި ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލުތަކެއް އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނެފައި ވަނީ  ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދު ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ  ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެނެސްގެނެއް ނުވާނެއެވެ.

ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ކުްލި ނުރައްކަލުގެ ހާލަތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި އެހެން ކަމުން މިފަދަ ހާލަތެއްގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިގެން ނުވާނެ ކަމަށެވެ. އަނެއްބައި މެމްބަރުން ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫޏުއަސާސީގެ ދަށުން ރައީސުލްޖުމްހޫރީއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށާއި އެހެން ކަމުން މިހާރު އޮތް ހާލަތަކީ ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެވެންވީ ހާލަތެއް ނޫން ކަމަށެވެ. 

މެމްބަރުން ކުރެއްވި ބަސްހުސްފަހު އަދި މިހާރު ރާއްޖޭގައި ހާލަތު އޮތް ގޮތުން ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވިދާނެ ކަމާއިމެދު މަޖިލީޙުގެ ރައީސް އުފެއްދެވި ސުވާލާއި ގުޅިގެން ދެއްވި ގާނޫނީ ލަފާގައި ފިލްޒާ ވިދާޅުވެފައި ވަނީ މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ ކުއްލި ހާލަތެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން  ގާނޫނުއަސާސީގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މާއްދާއަކީ ގާނޫނުއަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް ކަމަށާއި  މިހާރު އިއުލާން ކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން އުފައްދާނެ އެއްވެސް ހިލާފެއް ނެތް ކަމަށް ފިލްޒާގެ ގާނޫނީ ލަފާގައި ފާހަގަ ކުރައްވާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: