ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފް އިން ޚާއްސަަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފި

އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފައިވާ ތަމްރީނުތަކެއް. ފޮޓޯ: މޯލްޑިވްސްޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާާއްްސަަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، މި ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ، ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައިކަމަށެެވެ.

އެމްއެންޑީއެފުން ބުނީ، މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ބަޑިޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ގޮތުން މި ތަމްރީނުތަކުގައި ބޭނުންކުރާނީ، މެޝިން ގަން ފަޔަރިންގ ކަމަށާއި، ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ، 5000 މީޓަރުކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ، ވައިގެ ސަރަޙައްދު ބޭނުންކުރާާނެ އެންމެ އުސްމިނަކީ، 100 މީޓަރު ކަމަށާއި، ބޭނުންކުރާނެ އެންމެ ތިރިމިނަކީ، ސީ-ލެވެލް ކަމަށެވެ.

މީގެ އިތުރުން، ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ، ހުޅުލޭ އިރުން 07 މޭލު ބޭރުގައިކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ، އެޕްރީލް 06 އިން، 09 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން، ހަވީރު 18:00 އަށްކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: