ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯބައިލް ފޯނުގެ ސިގްނަލް ހޯދުމުގެގޮތުން، އަމިއްލައަށް ސިގްނަލް ބޫސްޓަރާއި، ރިޕީޓަރުފަދަ ތަކެތި، އިންސްޓޯލް ނުކުރުމަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯބައިލް ފޯނުގެ ސިގްނަލް ހޯދުމުގެގޮތުން، ޢާންމުފަރާތްތަކުން އަމިއްލައަށް ސިގްނަލް ބޫސްޓަރާއި، ރިޕީޓަރުފަދަ ތަކެތި، އިންސްޓޯލް ނުކުރުމަށް  ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެދިއްޖެއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީން ހޯމަދުވަހުގެރޭ ނެރުނު އެންގުމެއްގައި ބުނީ، ފަހަކަށްއައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލްލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި، އަމިއްލައަށް ބޫސްޓަރާއި، ރިޕީޓަރު ފަދަތަކެތި އިންސްޓޯލްކުރަމުން ގެންދާކަން، އެ އޮތޯރީޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ، ބާރުގަދަ ރިޕީޓަރު ފަދަތަކެތި ބޭނުންކުރުމުން، އެބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވިކަމުގައިވިޔަސް، ރިޕީޓަރުބަހައްޓާ މުޅި ސަރަޙައްދުގެ މޯބައިލް ސިގްނަލަށް ނޭދެވެ އަސަރުކުރާކަމަށެވެ. އަދި މި ކަމުގެ ސަބަބުން، ރިޕީޓަރުބަހައްޓާ ސަރަޙައްދުގެ އެހެން ފަރާތްތަކަށް، މޯބައިލްފޯނު ބޭނުންކުރުމަށް ވަރަށްގިނަ ދަތިތަކެއް ކުރިމަތިވާކަމަށެވެ.

އެ އޮތޯރިޓީން ބުނީ، މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލައެއްދިމާވާނަމަ، އެ ކަން މޯބައިލް ޚިދުމަތްދޭ ކުންފުނިތަކަށް އެންގުމުން، އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެކަމަށާއި، އެ ކަމާއި ގުޅޭގޮތުން ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެ އޮތޯރިޓީއާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ، އެ އޮތޯރިޓީއަށް ހުށަހެޅުމުން މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެކަމަށް ވެސް އެ އޮތޯރިޓީން ހާމަކުރެއެވެ. މި ގޮތުން، އެ ފަދަ މައްސަލަތައް އެ އޮފީހުގެ ނަމްބަރު 3030300 މެދުވެރިކޮށް، ނުވަތަ complains@cam.gov.mv އަށް އީމެއިލް ކޮށްގެން ހުށަހަޅަން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: