މިހާރު މުޅިދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ ހާލަތެއް ނެތުމުން ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންމައިގެން އެއީ އިންތިހާބު ކޮށްފައިވާ ބައެއް ކަމަށް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބު ފާސްކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައި މެމްބަރުންގެ މަޝްވަރާއަށް އެދިވަޑައިގެން ވާހަކަ ދެއްކުމަށް ހުޅުވާލި ފުރުސަތުގައި އިމްތިޔާޒް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެންނަން މިވަގުތު މަސައްކަތްކުރާ މައިގަނޑު ސަބަބަކީ ވެސް މިހާރު ރާއްޖޭގައި އޮތް ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުން ކަމަށެވެ.
އެގޮތުން އިމްތިޔާޒް ވިދާޅުވީ ޖޫން މަހުގެ ތިން ވަނަ ދުވަހު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާނެ ކަމަށާއި ދައުރު ހަމަވުމުން ކައުންސިލްތަކުގެ ދައުރު ދެންމި ނަމަވެސް އެއީ އިންތިހާބު ކޮށްފައިވާ ބައެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ހަމަވުމުން ކައުންސިލްތަކުގެ ދައުރު ދެންމުމުން ބެލެވެނީ އެއީ ބައިތިއްބާފައިތިބި ބައެއް ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު ގާނޫނުއަސާސީއަށް ބަދަލިގެނެސްގެން ކަމުގައިވީނަމަވެސް އަދި ގާނޫނަކަށް ބަދަލުގެނެސްގެން ކަމުގައިވީނަމަވެސް ކައުްންސިލްތަކުގެ ދައުރު ދިގު ދެންމުން އެއީ އިންތިހާބު ކޮށްފައިވާ ބަޔަކު ކައުންސިލްތަކުގައި ތިބި ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
މީގެއިތުރުން މިހާރު ރާއްޖޭގައި އޮތް ހާލަތަކީ ކުއްލި ނުރައްކަލުގެ ހާލަތެއްތޯ ނުވަތަ ނޫންތޯ އުފައްދާ ސުވާލަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މިހާރު ރާއްޖޭގައި އޮތި ކުއްލި ނުރައްކަލުގެ ހާލަތެއްކަން ސަރުކާރުން ވެސް ގަބޫލު ކުރާ ކަމަށާއި ހަމައެކަނި ތަފާތަކީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ކއްުލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ނުވާކަން އެކަނި ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މިހާރު ދިމާވެފައިވާ ހާލަތަކީ މުޅީ ދުނިޔެއަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި އެހެން ކަމުން މިހާރު ރާއްޖޭގައި އޮތް ހާލަތަކީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި މިފަދަ ހާލަތެއްގައި ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
މީގެއިތުރުން އިންތި ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ޖެހޭނީ އަމާން މާހައުލެއްގައި ތިބެގެން އެންމެންނަށް ވެސް އެކުގައި މަޝްވަރާ ކުރެވޭފަދަ ހާލަތެްގައި ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަކީ އެކަކު އަނެކަކަށް ބައްދަލު ކުރެވި ވާހަކަ ދެއްކޭފަދަ ހާލަތެއް ނޫން ކަމަށާއި އެންމެންވެސް ތިބީ ގޭގައި ނުވަތަ ރަށުގައި ބަންދުވެފައި ކަމަށް އިންތި ވިދާޅުވިއެވެ. އެހެން ކަމުން މިހާރު މި ރާއްޖޭގައި އޮތް ހާލަތަކީ އެއްގޮތަކަށް ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ފަދަ ހާލަތެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.


One Response
ދައުރު މަނިކުފާނު ތިފަދަ މަތިވެރިމަޤާމެއްގައި ރައްޔިތުން ބެހެޓީމާ އެބަޖަހޭ ދިވްޅިއެއް ނުވާ ވާހަކަދެއްކުން ހުއްޓާލަން. ނިކަން ވިސްނަވާ ކުރިމަތީ ކާއެއްޗެހި ބަހައްޓައިގެން އިނަކަމަކު އަނގަޔާ އަތާދިމާނުވަންޏާ ނުކެވޭނެ! އިންތިޚާބުހުއްޓި ދުވަހެއް ކަނޑައެޅުން މަޑުޖެއްސެވީ މަނިކުފާނުގެ އާރެއްބާރެއްނެތި. ޤައުމުގެ އިޤްތިސާދު އޮއްސި ދިޔައީވެސް އެޖެންޑާ 19!އެއް ހިފާގެން އެއިން ލިބޭނެ އުފަލެއް ރައްޔިތުންނަށް ނޭގުނު! އެއިގެ ފަހަތުން އަރާހަމަކުރި ކޮވިޑް 19 މިވަނީ މަނިކުފާނުފަދަ ދޫއުފުލޭ މީހުންގެ ދޫބަންދު ކޮށް ކަސްތަޅުއަޅުވާފަ! ދެންވެސް ޙިކްމަތްތެރި ކަމާއެކު އިންނަވާ ތިމާގެ ވަށައިގެން މިހިނގަނީ ކޮންކަމެއްތޯ ދެނެވަޑައިގަންނަވަން!