ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮރީއަކާއި ސައިކަލެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އުސްފަސްގަނޑު ކުރިމަތީގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި އޮތް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:57 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓް ހިނގި ވަގުތަކީ އޮފީސްތައް ނިންމުމަށްފަހު ގިނަ ބަޔަކު ހުޅުމާލެއަށް ދަތުރުކުރާ ވަގުތަށް ވުމުން، އެ ސަރަހައްދުގެ ޓްރެފިކް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.

އަދި މިއީ ބަސް ދަތުރުތަކަށް ވެސް ބޭނުންކުރާ މައި މަގަކަށް ވާތީ، މި ހާދިސާއާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: