ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ 90 ޕަސެންޓު ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

މަގުގެ ސަބް-ބޭސް އަދި އޭ.ބީ.ސީ ފަށަލަ އެޅުމުގެ މަސައްކަތްތައް 12 ޖުލައި 2026 އަށް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، ސެގްމަންޓް 2 އަދި 3 އެއްގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މިއީ މި މަޝްރޫޢު ނިންމުމަށް ކުރެވޭ މަސައްކަތުގައި ހޯދޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ޕާކިންގ ޒޯން ތަރައްޤީކުރުމުގެ އިތުރުން ދުވާރުގައި ގާ އެޅުމުގެ ބާކީ ހުރި މަސައްކަތްތައް ވެސް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިން ވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާ ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގުގެ މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ނޯތު ހާބަރު ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް މިހާރު ތަރައްޤީނުކުރެވި އޮތް ދަރުމަވަންތަ ހޮސްޕިޓަލް ސަރަޙައްދުގެ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: